ލިވާތުކުރުމާއި ސިހާގުގެ ކުށަކީ ޖިނާއީ ބޮޑެތިކުށްތަކުގެ ގޮތުގައި ހެދުމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށައެޅި އިސްލާޙު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނަށް ގާސިމް އިސްލާހު ހުށަހެޅުއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް، ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށެވެ. ޖިނާއީ އިޖުރާތުގެ ގާނޫނުގައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި މިވަގުތު ހިމެނޭ 12 ކުށުގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ނުހިމެނެއެވެ.
މި ބިލު ބޭރުކޮށްލާފައިވަނީ 25 މެންބަރުންގެ ވޯޓުންނެވެ. ފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވި އެވެ.
އޭގެ އިތުރުން ގާނޫނުލް އުގޫބާތަށް ގާސިމް އިސްލާހު ހުށަހެޅުއްވީ އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ އަދަބު ބޮޑު ކުރުމަށެވެ. އެގޮތުން އެއީ ދެވަނަ ދަރަޖައިގެ ކުށަކަށް ހެދުމަށް ޤާސިމް ހުށަހަޅުއްވާފައިވެއެވެ. އޭރުން ކުށް ސާބިތުވާ މީހަކަށް 10 އަހަރުގެ ހުކުމެއް އަންނާނެއެވެ.
މި ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. ނުފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވި އެވެ.
މީގެ އިތުރުން ޤާސީމް ހުށައެޅުއްވި މަޖިލީހުގެ މެންބަރުންގެ ޢަދަދު ހިފެހެއްޓުމުގެ ބިލުވެސް މަޖިލީހުގެ ތަޅުމުން މިއަދުވަނީ ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު