އަންހެން މީހާއަށް ހަމަލާދޭ މަންޒަރު ދައްކާދޭ ވީޑިއޯ
އަންހެން މީހާއަށް ހަމަލާދޭ މަންޒަރު ދައްކާދޭ ވީޑިއޯ
އެމެރިކާގެ ނިއުޔޯކްގައި، 92 އަހަރުގެ އަންހެނަކު ކޮއްޕައި ވައްޓާލި ވީޑިއޯއެއް އާންމުކޮށް އެކަން ކުރި މީހާ ހައްޔަރުކޮށްފިއެވެ.

މި ވީޑިއޯ އާންމުކޮށްފައިވަނީ ނިއުޔޯކްގެ ފުލުހުންގެ އިދާރާއިންނެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި، 92 އަހަރުގެ މި ދުވަސްވީ އަންހެން މީހާ، ދުވާރު މަތިން ހިނގާފައި ދަނީ ޓުރޮލީއެއް ޒާތުގެ އެއްޗެއްގެ އެހީގައެވެ. މިގޮތަށް ހިނގާފައި ދަނިކޮށް، އޭނާގެ ކުރިމަތިން އައި ޒުވާން ފިރިހެނަކު އޭނާއާއި ދިމާލަށް އާދެއެވެ. އަދި އަންހެންމީހާ އާއި އަރާހަމަވުމުން އޭނާގެ ބޮލުގައި އަޅައި ކޮއްޕާލަނީއެވެ. އެއާއި އެކު އަންހެންމީހާ މަގުމައްޗައް ވެއްޓެއެވެ. ނަމަވެސް އެއްވެސް ފިކުރެއްނެތި ފިރިހެންމީހާ ހިނގާފައި ދަނީއެވެ. އަދި ވެއްޓިފައި އޮތް އަންހެން މީހާއާއި ދިމާއަށް ފަސް އެނބުރި ބަލާލައެވެ.



ފުލުހުން އާންމުކޮށްއައިވާ މި ވީޑިއޯގައި ފެންނަ ފިރިހެންމީހާ އަކީ 31 އަހަރުގެ "ރަޝިދް ބްރިމޭޖް" ނަމަކަށް ކިޔާމީހެކެވެ. މި މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އަނިޔާވި އަންހެން މީހާއަށް ވަނީ ހަސްފަތާލަށް ގެންގޮސް ފަރުވާދީފައި ކަމަށް ހަބަރުތައް ބުނެއެވެ. ވެއްޓުނު ވަގުތު ޖެހުނީ ކައިރީގައި ހުރި އަލިފާން ނިވާ "ހައިޑްރަންޓް" އެއްގައިކަމުން، ބޮލަށްވަނީ ހާނީއްކަ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން