އަހުމަދު ޝާހް   12 އޮކްޓޯބަރު 2022 - 14:36
ޑެންގޫ ހުން ޖެހިގެން ރާއްޖޭގައި އިއްޔެވެސް 2 މީހަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފުރަތަމަ ނިޔާވެފައިވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޑެންގޫއަށް ފަރުވާ ދެމުންދިޔަ 21 އަހަރުގެ ޒުވާނެކެވެ. އަދި ރޭގެ ވަގުތެއްގައި ޑެންގޫ ޖެހިގެން ނުވަ އަހަރުގެ ކުޑަ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.

ލ. ފޮނަދޫއަށް ނިސްބަތްވާ އެ އަންހެން ކުއްޖާއަށް އެންމެފުރަތަމަ ފަރުވާ ދިނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. އެ ކުއްޖާ ނިޔާވީ މާލެގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޑެންގޫ ހުމަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެެވެ. އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު ފައިސަލް ވިދާޅުވީ ޑެންގޫ ހުމުގައި ބޮޑުވަރު ވަނީ އެއް އަހަރުން ދަށުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަނުންޓުންނަށް މި ހުމުން ބޮޑުވަރުވާ ކަމަށާއި އެހެންކަމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވެދިޔަ ތިން މަހުވެސް ޑެންގޫ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޑެންގޫ ޖެހިގެން މި މަހުގެ 4 ވަނަ ދުވަހުވެސް 2 މީހަކު ވަނީ ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން