ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޫއްޑޫއާއި ވިލިނގިލި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމާމެދު ޝައްކު ނުކުރަށްވާކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ސަޢުދު މި ބީދައިން ވިދާޅުވެފައިވާއިރު ހުވަދުއަތޮޅު ފަސް ރަށެއް ގުޅާލުމަށް ގޮވާލައި ގއ. ނިލަންދޫ ކައުންސިލުން މީގެ ކުރިންވަނީ ގަރާރެއްވެސް ފާސްކޮށްފައެވެ. އަދި ބްރިޖް މައްސަލާގައި ވިލިނގިލީ ކައުންސިލުން ފޮނުވި ސިޓީއަކަށް ރައީސް އޮފީހުން ޖަވާބު ނުލިބޭކަމަށްބުނެ ދައުރުވަމުންދާ ޚަބަރެއް ސަޢުދުގެ ޓްވީޓްގައި ހިމަނުއްވާފައިވެއެވެ.
ވިލިނގިލި-ކޫއްޑޫ ބްރިޖާ ގުޅޭގޮތުން މެންބަރު ސަޢުދު ޙުސައިން މިއަދު ވިދާޅުވީ، ވިލިނިގިލި–ކޫއްޑޫ ބުރިޖުގެ ވައުދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފުއްދަވާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ހުވަދު އަތޮޅުގެ ތަރައްޤީއަށް ކުރަންޖެހޭ ހުރިހާ ކަމެއް މިސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ސައުދު ވިދާޅުވި އެވެ.
"ދާއިރާގެ ކޮލަމާފުށި، ވިލިނގިލި އަދި ހުވަދު އަތޮޅުގެ ތަރައްޤީއަށް ކުރަންޖެހޭ ހުރިހާކަމެއް މި ސަރުކާރުން ފުރިހަމަކޮށްދެއްވާނެކަމުގެ އިތުބާރާއި ޔަޤީންކަން އެބައޮތް." މެމްބަރު ސަޢުދު ވިދާޅުވެފައިވެއެވެ.
މީގެ ކުރިންވެސް ސަޢުދު ވިދާޅުވެފައިވަނީ، ވިލިނގިލި-ކޫއްޑޫ ބްރިޖްގެ ވިސްނުމަކީ ހުވަދުއަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ގެންގުޅޭ ބްރިޖުން ގުޅާލުމުގެ ތަޞައްވަރު ޙަޤީޤަތަކަށް ހެދުން ކަމަށެވެ.
"އަތޮޅުގެ ރަށްތައް ބްރިޖް ކަނެކްޝަނުން ގުޅާލާ އިކޮނޮމިކް އަދި ސޯޝަލް ބެނެފިޓްސް އޭގެ އެންމެ ފުޅާމިނުގައި ރައްޔިތުންނަށް ލިބި ދިނުމަކީ މުޅި އަތޮޅުގެ އުންމީދު." މެންބަރު ސަޢުދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ނިލަންދޫ ކައުންސިލުން މީގެކުރިން ފާސްކޮށްފައިވާ ގަރާރުގައި ވަނީ ގއ އަތޮޅު ދާންދޫ، ނިލަންދޫ، މާމެންދޫ، ވިލިނގިލި އަދި ކޫއްޑޫ ބުރިޖަކުން ގުޅާލުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެކަމުގެ ސަބަބުން މިހާރު ރަށްރަށުގައި ގާއިމް ކޮށްފައިވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ 12000 މީހުންނަށް އެއްގަމު މަގުން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބުމާއެކު ރައްޔިތުންނަށް އެތައް ގޮތަކުން ޚަރަދު ކުޑަވެގެން ދާނެ ކަމަށް އެ ޤަރާރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު