ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލްގެ 95 އިންސައްތަ މަސައްކަތް ނިއްމާލައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވަނީ ސީޕްލޭނަށް މީހުން އަރާފޭބުމަށް ބޭނުންކުރަން ހަދާ ޑޮކްތަކުގެ ފުރަތަމަ ފިޔަވަހީގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި ޑޮކްތަކުގައި އަޅަންޖެހޭ ފިއުލް ލައިންތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެމްއޭސީއެލުން ބުނެފައިވެއެވެ. އަދި އިމާރާތުގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މި ޕްރޮޖެކްޓުގެ 95 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ހާމަކުރެއެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް، ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ. އާ ޓާމިނަލްގައި 28 އެރައިވަލް ކައުންޓަރާއި 50 ޑިޕާޗާ ކައުންޓަރު ހިމެނޭއިރު 10 ސްކްރީނިންގ މެޝިނާއި 10 ގޭޓް ހުންނާނެއެވެ.

އޭގެ އިތުރުން ދިވެހި ވަންތަ ސިފަތައް ފެންނާނެ ގޮތަށް ފަރުމާކުރާ އާ ޓާމިނަލުގައި ޓޫރިސްޓު ރިސެޕްޝަންތަކަށް ހާއްސަ ސަރަހައްދަކާއި 19 ރިސޯޓް ލޯންޖާއި 1،800 އަކަމީޓަރުގެ ވީއައިޕީ ލައުންޖެއްވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން