ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އުތުރު ދަތުރުފުޅު ފަސްކުރަށްވައިފިއެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅުގައި އުތުރުގެ 5 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް، މޫސުން ތަންނުދިނުމުގެ ސަބަބުން ދަތުރުފުޅު މިހާރު ފަސްކުރަށްވާފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
އިދިކޮޅު ޕީޕީއެމުން މިއަދު ބުނީ، މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ހޮނިހިރު ދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ. ކުރިން ހަމަޖެހިފައި އޮތީ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުފުޅު ކުރެއްވުމަށެވެ.
"މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރެއްވުމަށްވަނީ ހަމަޖެހިފައި." ޕީޕީއެމުން ބުނެފައިވެއެވެ.
ޕީޕީއެމުން ކުރިން ބުނެފައިވަނީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެ ޕާޓީން ބުނެފައިވަނީ މި ދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީއަށް މެމްބަރުން އިތުރުކޮށް އެ ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާއި ބައްދަލު ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑަުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވުނު ވާހަކަ ދަންނަވަން. މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރައްވުމަށްވަނީ ހަމަޖެހިފައި
— Progressive Party of Maldives (@ProgressPartyMV) October 12, 2022
ޕީޕީއެމުން ކުރިން ބުނެފައިވަނީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެ ޕާޓީން ބުނެފައިވަނީ މި ދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީއަށް މެމްބަރުން އިތުރުކޮށް އެ ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާއި ބައްދަލު ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު