މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ، ށ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށް ނެރެފައިވާ ރީނދޫ ސަމާލު މިއަދު 13:00 އާއި ހަމައަށް އިތުރު ކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފައިވަނީ، ށ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުގެ އުޅަނދުތައް ފިޔަވައި 9 މީޓަރުން ދަށުގެ ކަނޑު އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ.
ރީނދޫ ސަމާލު ނެރެފައިވާ ވަގުތުގެ ތެރޭގައި ށ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މިއަދު ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މިހާރު ކުރަމުންމިދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު