ސިވިލް ކޯޓިގެ އިސް ގާޒީއާއި ތިން މެޖިސްޓްރޭޓެއްގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ޖޭ އެސް ސީން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމަވާފައިވަނީ، ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމާއި، ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ އާއި، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީގެ އިތުރުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މައްސަލަ ބެލުމަށެވެ.
މީގެތެރެއިން، ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓާއި ގުޅޭ ގޮތުން ބަލަނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް އެކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ހަމަޖެއްސުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓާ ބެހޭގޮތުން ޖޭއެސްސީން ބަލަނީ، ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލުވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި ފުލުހުން ހިންގި ތަހުގީގަކަށް ހުރަސްއަޅައި ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރެއްގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓި ކަމަށް ބުނާ މައްސަލައެވެ.
އަދި ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދުގެ މުއްދަތު ޖަހާފައި ވަނިކޮށް އެ ބަންދު އަމުރު މުރާޖައާކޮށް ގޮތް ނިންމި ކަމަށް ބުނާ މައްސަލައަކާއި އޭނާގެ އާއިލީ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ޖޭއެސްސީން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓާ ގުޅޭގޮތުން ބަލަމުން ދަނީ މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތް ނިންމި އިރު ހަގީގަތާއި ހިލާފަށް އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި ލިބިފައިވާ މައުލޫމާތު އޮޅޭގޮތަށް އަމަލު ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެވެ.
ސިވިލް ކޯޓުގެ އިސްގާޒީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދައުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރުނުކޮށް މައްސަލަ ބާތިލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ.
މިއަދު ކޮމިޝަންގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، ކޮމިޝަންގެ 7 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ކޮމިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު