ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދޭން ހެދި ނިޒާމެއް ކަމަށް ޤާނޫނު އަސާސީ އިސްލާޙުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީގައި ލާމަރުޒީ ބާބު ހިމެނި މަޤުސަދަށް އަލިއަޅުއްވާ ލައްވަމުން ނަފާ ނަސީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދްމަތްތައް ފޯރުކޮށްދިނުމަށް ހެދި ނިޒާމެއް ކަމަށެވެ. އަދި އެއީ ރާއްޖެ ފެޑްރަލް ނިޒާމަކަށް ބަދަލުކުރަން ކުރިކަމެއް ނޫން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
ނަފާ ނަސީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި ފެޑެރަލް ނިޒާމު މަސްހުނިކޮށް މުޅި ސިސްޓަމް އޮޅުވާލުމަށް މަސައްކަތް ކުރަނީ ބަޔަކު މީހުންގެ އަމިއްލަ އެދުންތަކެއް ޙާސިލުކުރުމަށް ކަމަށެވެ. އަދި ޢަމަލުކުރާގޮތުން ލާމަރުކަޒު ލާމަރުވަޅަކަށް ވެސް ވެދާނެ ކަމަށް ނަސީމްވަނީ ވިދާޅުވެފައެވެ.
"އެއީ ރާއްޖެ ފެޑްރަލް ނިޒާމަކަށް ބަދަލުކުރަން ކުރިކަމެއް ނޫނޭ. ހިތާމަޔަކީ ރިއާސީބަރުލަމާނީ މަސްހުނިކުރިގޮތަށް، އަމިއްލަ އެދުމަށް، ނޭގިޔާ އެނގިގެން ތިބެ، ލާމަރުކަޒީޔާ ފެޑެރަލް މަސްހުނިކުރާތީ." ނަސީމް ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ ހެޔޮކަމެއް ގޯސްކޮށް ކޮށްފިނަމަ އޭގެ ނަތީޖާ ގޯސްވާނެ ކަމަށެވެ. ހަމައެއާއެކު ގޯސްކަމެއް ރަގަޅަށް ކުރިނަމަވެސް ނަތީޖާ ގޯސްވާނެކަމަށް ނަސީމް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ނަސީމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ވ.އަތޮޅު ކައުންސިލްގެ ވެރިންނާއި އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލްގެ ވެރިން އެއަތޮޅު ހުޅިދޫއަށް ގޮސް، އެރަށް އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލައި ދާދިފަހުން ވަނީ މުޒާހަރާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު