ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

ރައީސްގެ ނުރަސްމީ މިދަތުރުފުޅާބެހޭ އެއްވެސް މަޢުލޫމާތެއް ރައީސް އޮފީހުން ހާމަކުރަށްވާފައެއް ނުވެއެވެ.

މީގެ ކުރިންވެސް ރައީސް ޞާލިޙްވަނީ ސިންގަޕޫރުގައި ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަށްވާފައެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ރައީސްގެ ދަތުރުފުޅަކީ ބޭސްފަރުވާއަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ރައީސް ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ 12ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު