މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި 35,861 ފޯމް ހުށައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ރޭ 00:00 އަށް ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވާ ކަމަށެވެ.
މި ފޯމްތަކަކީ ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދޭނެ ނިޒާމެއް ގާއިމް ކޮށްދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެނަނެވި ވައުދުގެ ދަށުން ފަރުމާކުރެވުނު "ގެދޮރުވެރިން ޕޯޓަލް" އަށް، ތަކުލީފަކާއި ނުލައި ފޯމުހުށަހެޅުމަށް ހުޅާވާލި ފުރުސަތުގައި ހުށައަޅާފައިވާ ފޯމް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމްއަށް ހުށައެޅި 15،164 ފޯމް ހިމެނެއެވެ. އޭގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.
މި ފޯމްތައް އިވެލުއޭޓްކޮށް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ފައިނަލް ވެރިފިކޭޝަން މަސައްކަތްތައް ނިންމާލެވޭނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. 2022 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވައި ރައީސް ޞާލިޙްވަނީ އެކަން އިއުލާނު ކުރައްވާފައިވެއެވެ. ޖުމްލަ 5000 ގޯތި މާލޭގެ ރައްޔިތުންނަށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ތަކްލީފަކާ ނުލައި ގޯއްޗަށް އެދި ފޯމް ހުށައެޅޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު." މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު