ރާއްޖެއިން މިއަދު އިތުރު 26 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ 07 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ކޯވިޑް-19 އަށް މިއަދު ރާއްޖެ އިން ޕޮޒިޓިވްވެފައިވަނީ 23 ބިދޭސީންނާއި 03 ދިވެހިން ކަމަށެވެ. މިއަދު ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝް، ނޭޕާލް، އިންޑިޔާ އަދި ސްރީލަންކާގެ ރައްޔިތުންނެވެ.
މިއަދު ބަލިޖެހުނު 26 މީހުންނާއެކު މިހާރު ވަނީ ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު 2120 އަށް އަރާފައެވެ.
މިއަދު ރާއްޖެއިން ބަލިން ރަނގަޅުވި 07 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1677 އަކަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުން އަންނަނީ 433 މީހުންނެވެ. އައިސޮލޭޝަންގައި 281 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 318 މީހުންނެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 8 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު