އައްޑޫ ބްރިޖް މަސައްކަތުގެ ކޮލިޓީ ތިންވަނަ ފަރާތަކުން ބަލަންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ވިދާޅުވީ، އިންޑިއާގެ އެފްކޮން ކުންފުނިން އައްޑޫ ހަންކެޑެ ސަރަހައްދުގައި ހަދަމުންދާ ބުރިޖު ތަރައްޤީ ކުރުމުގައި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކުރަމުންދާ މަންޒަރު ނުފެންނަ ކަމަށެވެ.
އެގޮތުން އެ މަސައްކަތުގެ ފެންވަރު ދަށްކަމަށް ވިދާޅުވެ ޝަރީފް މިއަދު ވިދާޅުވީ، ކޮންކްރީޓް އެޅުމަށް ތައްޔާރުކޮށްފައިވާ ދަގަނޑުތައްވެސް މިހާރުހުރީ ދަބަރަށްވެފައި ކަމަށެވެ. އެހެންކަމުން މަސައްކަތުގެ ކޮލިޓީ ތިންވަނަ ފަރާތަކުން ބަލަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ކޮންކުރިޓް އެޅުމަށް ތައްޔާރުކޮށްފައިވާ ދަގަނޑުތަށް ދަބަރަށްވެއްޖެ، ތިންވަނަ ފަރާތަކުން ކޮލެޓީ ބަލަންޖެހޭ." ޝަރީފް ވިދާޅުވެފައިވެއެވެ.
އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާއިރު، މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އައްޑޫގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު ތަރައްޤީކުރާނެ ކަމަށެވެ. ހަމައެއާއެކު އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން މި ދައުރުގެ ތެރޭގައި އިތުރު ކުރާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
އެގޮތުން އައްޑޫގެ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ މިއަހަރު ޚަރަދުކުރަން ނިންމަވާފައިވާކަން ރައީސް ވަނީ އިޢުލާނު ކުރަށްވާފައެވެ.

މިއީ އިންޑިއާގެ އެފްކޮން ކުންފުނިން އައްޑޫގެ ހަންކެޑެ ސަރަހައްދުގައި ހަދަމުންދާ ބުރިޖެއް، މިބުރިޖު ހެދުމުގައި ޒަމާނީ ޓެކްނޮލޮޖީއާ ވަސީލަތް ބޭނުންކުރާ މަންޒަރު ނުފެނޭ، ކޮންކުރިޓް އެޅުމަށް ތައްޔާރުކޮށްފައިވާ ދަގަނޑުތަށް ދަބަރައްވެއްޖެ، ތިންވަނަ ފަރާތަކުން ކޮލެޓީ ބަލަންޖެހޭ pic.twitter.com/F5Oz5XXjGN
— #TheNationals (@shar_f) October 15, 2022
އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާއިރު، މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އައްޑޫގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު ތަރައްޤީކުރާނެ ކަމަށެވެ. ހަމައެއާއެކު އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން މި ދައުރުގެ ތެރޭގައި އިތުރު ކުރާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
އެގޮތުން އައްޑޫގެ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ މިއަހަރު ޚަރަދުކުރަން ނިންމަވާފައިވާކަން ރައީސް ވަނީ އިޢުލާނު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު