ކޯވިޑް-19އާ ގުޅިގެން މިހާރު މާލޭގައި އޮތް އައު ޢާއްމު ޙާލަތުގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބޭރަށް ނުކުންނަން ކަނޑައަޅާފައިވާ ވަގުތުތަކުގައި އެހެން މީހުން ވިހާވެސް މަދުން މަގުމަތީގައި ހަރަކާތްތެރިވުމަށް އެޗްޕީއޭގެ އެޕިޑިމިއޮލަޖިސްޓް ޑރ.އިބްރާހީމް އަފްޒަލް މިރޭ އިލްތިމާސްކުރައްވައިފިއެވެ.
ފުރަބަންދަށްފަހު މާލެ ސަރަޙައްދަށް ދީފައިވާ ލުއިތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ކަސްރަތުކުރުމަށާއި ހިތްހަމަޖައްސާލުމަށް ބޭރަށް ނުކުތުމަށް ކަނޑައަޅާފައިވަނީ ފަތިހު 5:00 އިން ހެނދުނު 8:00 އަށެވެ. އަދި ކުޑަކުދިން ބެލެނިވެރިޔަކާއެކު ބޭރަށްނެރޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑިމިއޮލަޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ މާލޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުތުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެހެން މީހުން މަގުތަކަށް ނުކުތުމަކީ މަގުތައް ތޮއްޖެހުން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެވަގުތު ތަކުގައި އެހެން މީހުން ބޭރު ތެރޭގައި ނޫޅުމަށް އަފްޒަލް އިލްތިމާސްކުރެއްވިއެވެ.
"ކަސްރަތުކުރައްވާއިރު، ބާރަށް ހިނގާއިރު އެބޭފުޅުން (އުމުރުން ދުވަސްވީ މީހުން) ބޭނުންވާނެ ވީހާވެސް އެހެން މީހުންނާ ދުރުގައި ތިބުން. އެހެންވީމަ އެހެން ބޭފުޅުން މިގަޑިތަކުގައި ބޭރަށް ނުކުތުން މަދުކުރުން ވީހާވެސް މުހިންމު. ހަމައެހެންމެ ކުޑަކުދިންގެ ވަގުތުކޮޅުގައިވެސް އެހެންމީހުން މަގުމަތީގައި އުޅުން ވީހާވެސް މަދުކުރަންޖެހޭ." ޑރ. އަފްޒަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލުއިތައް ދިން ނަމަވެސް މާގިނަ ރައްޓެހިންނާއި ބައްދަލުކޮށް ގޭގެއަށް ޒިޔާރަތްކޮށް ހެދުމަކީ މިހާލަތުގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ގޭގައި އުޅޭ މީހުންވެސް ގެއަށް މީހަކު އަންނަނަމަ ގެއަށް ނުވަނުމަށް އިރުޝާދު ދޭންޖެހޭނެ ކަމަށެވެ. އަދި މިދުވަސްވަރު ބައްދަލުކުރާ އެއްބަޔަކާއި ބައްދަލުކުރުމަށާއި، ހުރިހާ ރައްޓެހިންނާއި ރަހުމަތްތެރިންނާއި މިހާލަތުގައި ބައްދަލުކޮށް ނުހެދުމަށް އަފްޒަލް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ކުޑަކުދިން އެެއްގެއިން އަނެއް ގެޔަށް ނުގެންދިޔުމަށާއި، މަޖާކޮށް މުނިފޫހި ފިލުވުމަށް ގިނަ މީހުން އެއްވެ ކުރާ ޕްލޭންތައް ވެސް މިދުވަސްވަރު ނުކުރުމަށް އަފްޒަލް ވަނީ އިލްތިމާސްކުރައްވާފައެެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ފުރަބަންދަށް ދިން ލުއިތަކުގެތެެރޭގައި ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ކުރިން ހުއްދަ ނެގުމަކާއި ނުލައި އާންމުން ބޭރުގައި އުޅުމަށްވަނީ ހުއްދަދީފައެވެ. އެހެން ނަމެވެސް ބޭރަށް ނުކުތުން ވީހާވެސް މަދުކުރުމާއި ގައިދުރުކަން އިޚްތިޔާރުކުރުމުގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންއީއޯސީންވަނީ އިރުޝާދު ދީފައެވެ. އަދި ފުރަބަންދު މުޅިން އުވާލާފައި ނުވާތީ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކޮށް ހެދުމަކީ މިހާރުވެސް ހުއްދަކަމަކަށް ނުވާތީ ގޭގެއަށް ގޮސް ނޫޅުމަށް އެންއީއޯސީން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު