އިދިކޮޅު ފަރާތްތަކުން އިސްލާޙުކުރުމުގެ ނަމުގައި ޖޭއެސްސީ ތޮރުފަން އުޅެނީ ހެޔޮ ނިޔަތެއްގައެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ބޮންޑެ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ބިލަށް ބަހުސްކުރަށްވަމުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ފަނޑިޔާރުންގެ ޤާނޫނަށް ބަހުސްކުރަން ފުރުސަތު ހުޅުވާލުމުން އިދިކޮޅު ފަރާތްތަކުން ދައްކަނީ މުޅިން އެހެން ވާހަކައެއް ކަމަށެވެ. އަދި އެކަމުގައި އެމްޑީޕީގެ މެންބަރުން ބައިވެރިވުމަކީވެސް ދެރަކަމެއް ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަން އިސްލާޙުކުރާވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ ހެޔޮ ނިޔަތެއްގައި ނޫންކަމަށެވެ. އަދި އެކޮމިޝަނުގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ހިމެނޭނެ ކަމަށާއި އެއީ ދަޢުލަތުގެ ބާރުތައް ތަރުތީބު ކުރެވިފައިއޮތް ގޮތްކަމަށް ބޮންޑެ ވިދާޅުވިއެވެ.
ރައްޔިތުން ޖޭއެސްސީގެ މައްސަލާގައި ކަންބޮޑުވެގެން ނޫޅޭ ކަމަށާއި ރައްޔިތުން ކަންބޮޑުވެގެން އުޅެނީ ފެނާއި ނަރުދަމާއާއި އާސަންދަ ރިފޯމް ކުރުމާއި ބަނދަރުތަކާއި ތެލުގެ ސަބްސިޑީގެ މައްސަލާގައި ކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.
"މިވާހަކައެއް އިދިކޮޅު ފަރާތްތަކުން ނުދައްކާ. ނުދައްކާ ޖޭއެސްސީ ތޮރުފަން މިއުޅެނީ ކީއްވެގެންތޯ. ޖޭއެސްސީގެ ކަންތަކާ ރައްޔިތަކު ވާހަކަދައްކާއަޑެއް އަޅުގަނޑެއް ނާހަން." ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ މިމޭރުމުން ވިދާޅުވެފައިވާއިރު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލް އެކުލަވާލައި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީ ރައީސް ސާލިހުގެ ސަރުކާރުގެ ރިޔާސީ ވައުދެކެެވެ. އެހެންނަމަވެސް މި ސަރުކާރުގެ ރިޔާސީ ދައުރު ހަމަވުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކޮށްފައިނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ސަރުކާރުން މިހާރުވަނީ ޖޭއެސްސީ އިސްލާޙު ކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާތައް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު