ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހާމަކުރުން ލާޒިމުކުރާ މާއްދާ އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި އިސްލާޙު ހުށައެޅުއްވީ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ ނޫސްވެރިންނަށް މަސްދަރު ހާމަކުރުން ލާޒިމުކުރާނީ ހައިކޯޓުން ކަމަށެވެ. އަދި މަސްދަރު ހާމަކުރަން ހައިކޯޓުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެދޭ ހާލަތުގައި ޕީޖީ އޮފީހުން އެފަދަ އަމުރަކަށް އެދޭ ސަބަބާއި އެ ސަބަބުތަކާ ގުޅޭ ހެކިތައް ކޯޓަށް ހުށަހެޅުން ވަނީ ލާޒިމް ކޮށްފައެވެ.
އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ 6 ކަމެއް އެ އިސްލާހުގައި ފާހަގަކޮށްފައިވެއެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމުގެ ކުށެއް ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަމާއި، އެ މައުލޫމާތު އެނގުމަކީ ދަށު ކޯޓުގައި ހިނގަމުންދާ ޝަރީޢަތުގެ ދައުވާއާ ސީދާ ގުޅުންހުރި އެ ދައުވާއަށް ކޮންމެހެން މުހިއްމު މައުލޫމާތެއްކަން ސާބިތުވާންޖެހޭނެއެވެ.
މީގެ އިތުރުން ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތާ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހިމަނާފައިވެއެވެ.
ހެއްކާބެހޭ ޤާނޫނަށް މި އިސްލާހުތައް ގެންނަން ސަރުކާރުން ނިންމާފައިވާއިރު އެ ގާނޫނު އިސްލާހު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު