ގައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ޑީން، ޑރ. ރަހީމާ އަބްދުއްރަހީމް
ގައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ޑީން، ޑރ. ރަހީމާ އަބްދުއްރަހީމް
ފުރަބަންދަށް ދިން ލުއިތަކާ އެކު މާލޭގައި ކޯވިޑް ފެތުރެމުންދާ މިންވަރު ބެލުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ޑީން، ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ  މިހާރު ކުރިއަށް ދަނީ އެ ދިރާސާތަކުން މައުލޫމާތު އެއްކުރުމުގެ މަރުހަލާ ކަމަށެވެ. ކޯވިޑް ބައްޔަށް އަމާޒުކޮށް ވަރަށް ގިނަ އިތުރު ދިރާސާތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވަމުން ޑރ.ރަހީމާ އަބުދުއްރަހީމް ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ދިރާސާތައް އަމާޒުކުރެވޭ ދާއިރާތަކުގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގް، މޮޑެލިންގް، ސޯޝިއޯ އިކޮނޮމިކް ޚަރަދުތަކުގެ އިތުރުން ސޯޝިއޯ އިކޮނޮމިކް ހެލްތަށް އަންނަ ބަދަލުތަކާއި މެންޓަލް ހެލްތަށް އަންނަ ބަދަލުތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުންވެސް ކޯވިޑް-19 އާ ގުޅިގެން މަތީ ތައުލީމުގެ ދާއިރާ، ކޮންސްޓްރަކްޝަން، އަދި ހައުސިންގް ގެ ދާއިރާއަށް ކުރާ އަސަރުތައް ބެލުމަށްވެސް ދިރާސާތަކެއް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ކޯވިޑް-19ގެ ސަބަބުން ކުރެވޭ މުހިންމު ދިރާސާތައް ކުރުން ފަދަ މަސައްކަތްތަކުގައި ގައުމީ ޔުނިވާސިޓީގެ 1،200 ދަރިވަރަކު ހަރަކާތްތެރިވަމުންދާކަމަށް ޔުނިވަސިޓީ އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން