މުދިމުންނަށް 35 ހާސް ރުފިޔާގެ މުސާރައެއް ދޭންފެށީ ކުރީގެ ރައީސް ޑރ. ވަޙީދުގެ ވެރިކަމުގައި ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިމޭރުމުން ވިދާޅުވެފައިވަނީ ކިންގް ސަލްމާން މިސްކިތުގެ އިމާމަކަށް އަދާލަތު ޕާޓީގެ އިސްމެންބަރެއް ކަމަށްވާ ޝައިޚް އިލްޔާސް ހުސައިންގެ ދަރިކަލުން އަދި މަދީނާ ޔުނިވަރސިޓީގެ ގްރެޖުއޭޓް ޝައިޚް ޢައްމާރު އިލްޔާސް، ނައިބު ވަޒީރެއްގެ ފެންވަރުގައި ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން ކުރިމަތިވެފައިވާ ފާޑުކިއުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގެ އިމާމްގެ މަގާމަކީ މިނިސްޓަރުންގެ ނައިބު ފެންވަރުގެ ސިޔާސީ މަގާމްތަކެވެ. އެ މަގާމަށް މަހަކު 35,000 ރުފިޔާގެ މުސާރައެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ފާޑުކިޔަމުންދާ ފަރާތްތަކަށް ރައްދު ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިސްލާމީ މަރުކަޒުގެ އިމާމްގެ މަގާމަކީ 35 ހާސްް ލިބޭ ސިޔާސީ މަގާމެއް ކަމުގައި ހެއްދެވީ ރައީސް ވަޙީދު ކަމަށެވެ. އަދި ރައީސް ޔާމީން ދުވަސްވަރުވެސް އެމަގާމްއޮތީ އެގޮތަށް ކަމަށް ޒައިދު ވިދާޅުވިއެވެ.
"އެތާނގެ އިމާމަކީ އެހެން މިސްކިތްތަކުގެ އިމާމުންނާއި ޚިލާފަށް ދަރުސްވެސް ދޭންޖެހޭ އެހެނިހެން ބައިވަރު ކަންކަންވެސް ކުރަންޖެހޭބައެއް!" ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
ޝައިޙް އައްމާރަށް ސިޔާސީ މަގާމެއް ދީފައިވާއިރު މި ސަރުކާރުން ވަނީ ޝައިޚް އިލްޔާސް ޙުސައިނަށްވެސް މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން ސިޔާސީ މަގާމެއް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު