ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ކުޅިވަރުގެ ތެރެއިން އިޖުތިމާއީ އެތައް މައްސަލަތަކަކަށް ހައްލުހޯދޭނެކަމަށް ޤަބޫލުކުރަށްވާ ވެރިއެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިމޭރުމުން ވިދާޅުވެފައި މިވަނީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދާއި އެއްގޮތަށް، މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ 7 ވަނަ ކުޅިވަރު މުބާރާތް، "މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް-2022" މިއަދު ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ މަޙްލޫފް މިއަދު ވިދާޅުވީ ރައީސް ޞާލިޙަކީ ކުޅިވަރު ކުޅުއްވާ، ކުޅިވަރަށް ލޯބިކުރައްވާ، ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވައްދަވާ ބޭފުޅެއް ކަމަށެވެ. އަދި މިއަދު ކުޅިވަރުގެ ދާއިރާއިން ރާއްޖޭން ހޯދާފައިވާ ކާމިޔާބީގެ މައިގަނޑު އެއް ޙަޤީޤަތަކީ އެއީކަމަށް މަޙްލޫފް ވިދާޅުވިއެވެ.

"ކުޅިވަރުގެ ތެރެއިން އިޖުތިމާއީ އެތައް މައްސަލަތަކަކަށް ހައްލުހޯދޭކަން ރައީސް ޞާލިޙް ގަބޫލުފުޅުކުރައްވާ." މަޙްލޫފް މިއަދު ވިދާޅުވިއެވެ.



މި އަހަރުގެ ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދަނީ، މިމަހުގެ 18 އިން 23 އަށް މާލޭގައެވެ. މިމުބާރާތުގައި ދުނިޔޭގެ 25 ޤައުމަކުން ދުއިސައްތައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު