ޓެކްސް މައްސަލާގައި ތްރީލައިން ވިޕެއްނެރުމުން ހިތަށްވަންނަނީ ޚުދުމުހުތާރު ތަސައްވަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ޓެކުހުގެ ގޮތުގައި ނަގާ މިންވަރު ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އިސްލާޙު ފާސްކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ.
އެކަމާގުޅޭ ޚަބަރެއް މީސްމީޑިއާގައި ހިއްސާކުރަށްވަމުން މެންބަރު ޢަލީ އާޒިމް ވިދާޅުވީ ސަރުކާރުގެ ޚަރަދު ދެކޮޅުޖެއްސުމަށް ޓެކްސް ބޮޑުކުރުމާމެދު މަޖިލީހުގައި ވަނީ ޚިޔާލުތަފާތުވެފައި ކަމަށެވެ. އެހެންކަމުން ޚިޔާލު އެއްގޮތްކުރުމަށް ކަމާބެހޭ ކޮމިޓީން ފިނޭންސް މިނިސްޓަރާއި ވިޔަފާރިވެރިންނާއި ޓުއަރިޒަމް ސެކްޓަރގެ އިސްބޭފުޅުންނާ މަޝްވަރާ ކުރުމުގެކުރިން ޕާލިމެންޓަރީ ގްރޫޕުން ވަކިގޮތެއް ކަނޑައެޅުމާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ބިލް އޮތްގޮތަށް ފާސް ކުރުމަށް 3 ލައިން ވިޕެއްނެރުމުން ހިތަށްވަންނަނީ ބިރުވެރި ޚުދުމުހުތާރު ތަސައްވަރެއް." މެންބަރު ޢަލީ އާޒިމް ވިދާޅުވެފައިވެއެވެ.
ދަޢުލަތުގެ މާލީ އިދާރާއިން ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށް ނިންމާފައިވެއެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން މާލީ ވަޒީރު އިބްރާހިމް އަމީރު އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު