މަޖިލީހުގައި ހިނގި ހަަމަނުޖެހުމުގައި ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމަށް އަނިޔާވުމުން ނައިފަރުގައި ޕްރޮގުރެސިވް ކޯލިޝަން އަށް ތާއިދުކުރާ ފަރާތްތަކުން އަަޑުއުފުލަނީ
މަޖިލީހުގައި ހިނގި ހަަމަނުޖެހުމުގައި ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމަށް އަނިޔާވުމުން ނައިފަރުގައި ޕްރޮގުރެސިވް ކޯލިޝަން އަށް ތާއިދުކުރާ ފަރާތްތަކުން އަަޑުއުފުލަނީ
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް /ޕީއެންސީ ކޯލިޝަނުން މިކަން ހާމަކުރީ އަތޮޅުތަކުގެ ބައްދަލުވުންތައް ފަށައި ހއ. އަތޮޅުގެ ރަށްރަށުގައި ޕީޕީއެމް އަދި ޕީއެންސީގައި އިސްކޮށް މަސައްކަތްކުރާ މަންދޫބުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ލީޑަރޝިޕްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަތޮޅުތަކުގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔައިރު މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކޯލިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން މައުލޫމާތުދެއެވެ.

މިބައްދަލުވުމާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަތޮޅުތަކުގެ މަންދޫބުން އެރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ލީޑަރޝިޕާއި ހިއްސާކުރި ކަމަށެވެ. އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ ވަރަށް ގިނަ އުދާސްތަކެއް ހުރި ކަމަށާއި، މި ސަރުކާރާ ދެކޮޅަށް އިޙްތިޖާޖުކުރުމަށް ލީޑަރޝިޕަށް ހުށަހެޅި ކަމަށެވެ.

އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ވަނީ މަންދޫބުންނަށް ދީފައެވެ. އަދި 14 ޖޫން 2020 ގައި ކޯލިޝަންގެ ކައުންސިލް ބައްދަލުވުމުން ނިންމާފައިވާ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ކޯލިޝަންގެ ލީޑަރޝިޕުން ވަނީ މައުލޫމާތު ދީފައެވެ.

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅުން ހާމަކޮށްފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާ ގުޅިގެން ވެސް ސިލްސިލާ މުޒަހާރާތަކެއް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް މާގިނަ ދުވަހެއް ނުވެ މުޒާހަރާތައް ވަނީ ހުއްޓާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޭރފ

21-Jun-2020

ޥިކަމެއް ނެތޮ


9

ޔާމިން

21-Jun-2020

ޥަރައްސަޅި ވެއްޓޭނެއިންޝާﷲ



ޓްރެންޑިން