ކޯވިޑް-19 އާއި ގުޅިގެން މާލެސިޓީގައި ފުރަބަންދުގެ ހާލަތު އިޢުލާން ކުރުމުން ވިޔަފާރީގެ ބޮޑެތި ހަރަކާތްތައް ވެސް ވަނީ ހުއްޓިފައި (ފޮޓޯ ރަސް- ޝާހް)
ކޯވިޑް-19 އާއި ގުޅިގެން މާލެސިޓީގައި ފުރަބަންދުގެ ހާލަތު އިޢުލާން ކުރުމުން ވިޔަފާރީގެ ބޮޑެތި ހަރަކާތްތައް ވެސް ވަނީ ހުއްޓިފައި (ފޮޓޯ ރަސް- ޝާހް)
ކުންފުނިތަކުގެ މި އަހަރުގެ އަހަރީ ފީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ދެއްކުމުގެ ފުރުސަތު ހަމަޖައްސައިދީފައިވާ ކަމަށް އިކޮންމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިކޮންމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުންފުނިތަކުގެ އަހަރީ ފީ ޑިސެމްބަރު މަހުގެ ނިޔަލަށް އެއްވެސް ޖޫރިމަނާއަކާ ނުލައި މީރާ އިން ބަލައިގަންނާނެ ކަމަށެވެ. ކުރިން އޮތްގޮތުން ކޮންމެ އަހަރެއްގެ ވެސް އަހަރީ ފީ މާޗު މަހު ދައްކަން ޖެހެއެވެ. މުއްދަތުގައި ފީ ނުދައްކައިފި ނަމަ ކުންފުނީގެ މަސައްކަތްތައް ހުއްޓުވުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބެއެވެ.

އަމިއްލަ ކުންފުނިތަކުގެ އަހަރީ ފީ ގެގޮތުގައި 2،000ރ. ދައްކަންޖެހޭއިރު ޕަބްލިކް ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި 10،000ރ. ދައްކަން ޖެހެ އެވެ. މާޗް މަހުގެ ފަހުން އޭޕްރީލް މަހު އަހަރީ ފީ ދައްކާ ނަމަ ޖޫރިމަނާއަށް 1،000ރ. އަރާނެއެވެ. އޭޕްރީލްގެ ފަހުން ޖޫރިމަނާއަކީ 2،500ރ. އެވެ.އަލަށް ކުންފުންޏެއް ރަޖިސްޓަރީ ކުރާ އިރު ކުންފުނީގެ ފުރަތަމަ ފީ ދައްކަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީއަށެވެ. އެއަށް ފަހު ކޮންމެ އަހަރަކު ވެސް އެ ފީ ދައްކަން ޖެހޭނީ މީރާ މެދުވެރިކޮށެވެ. މި އަހަރުގެ ފީ ދައްކަން ޖެހޭ މުއްދަތު އިތުރު ކޮށްދިން އިރު ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އާމްދަނީ މުޅިން ހުއްޓި އިގްތިޞާދު ވަނީ ހުއްޓިފައެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ކުންފުނިތަކުގެ މަސައްކަތްތަކާއި އާމްދަނީވެސް ވަނީ ހުއްޓިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން