ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް
ކޯވިޑް-19 ގެ ފަރުވާ އެއް ކަމަށް ބުނެ ބޭނުންކުރާ ޑެކްސާމެތަޒޯނުން ދަށް ކުރަނީ ދިފާއީ ނިޒާމުން ކުރާ މަސައްކަތް ކަމަށާއި ބަލިން ރައްކާތެރިވާން ބޭސް ބޭނުން ނުކުރުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.

ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑެކްސާމެތަޒޯނުން ފައިދާވީ ކޯވިޑް-19 ގެ ބަލީގައި ހާލު ބޮޑުވި މީހުންނަށް ކަމަށެވެ. އަދި ބަލީގައި އޮކްސިޖަން ގުޅަން ނުޖެހޭ މީހުންނަށް މި ބޭހުންވި ފައިދާއެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"ބަލިން ރައްކާތެރިވުމަށް މި ބޭސް ކާންވީއެއް ނޫން، މިބޭހުން ފައިދާ ވި ކަމަށް ދެއްކީ ހާލު ބޮޑުމީހުންނަށް، އޮކްސިޖަން ގުޅަން ނުޖެހޭ މީހުންނަށް މީގެން ވީ ފައިދާ އެއް ނެތް، މީގެން ވައިރަސް އިތުރުވެސް ވެދާނެ." މި ބޭހާ ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެސެޖާއެކު ޑރ.ފައިސަލް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.



ހަލުއިކަމާއެކު ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުންދާ ކޯވިޑް-19 އަށް ފަރުވާ ކުރުމަށް ބޭނުން ކުރެވޭ ބޭހެއް ފުރަތަމަ ފަހަރަށް ފެނުނުކަން އިނގިރޭސި ވިލާތުން ހާމަކޮށްފައިވާއިރު، މި ބޭހުން ކޯވިޑް-19 ޖެހިގެން ހާލު ސީރިއަސްވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ވަރަށް ބޮޑު އެހީ އެއް ވާ ކަން ވަނީ ހާމަވެފައެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19 އަށް ފަރުވާ އެއް ހޯދުމަށް ތަފާތު ބޭސްތައް ބޭނުން ކުރަމުން އައިސް، މި ބޭހުން ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް އަންނަކަން ވަނީ ދެނެގަނެވިފައެވެ. އަދި އެ ގައުމުގެ ސިއްހީ މާހިރުން ބުނާގޮތުގައި މި ބޭސް ކުރިން ބޭނުން ކުރެވުނު ނަމަ 4،000 އާއި 5،000 އާއި ދެމެދުގެ މީހުންގެ ފުރާނަ އެ ގައުމުން ސަލާމަތް ކުރެވުނީހެވެ. ނަމަވެސް މިބޭހުން ހަމައެކަނި ފަރުވާ ކުރެވެނީ ވެންޓިލޭޓަރާއި އޮކްސިޖަންގައި ތިބޭ ބަލި މީހުންނަށެވެ. މި ބޭހަކީ އެއްވެސް ހާލެއްގައި ބަލީގެ ފަރުވާއެއް ނޫނެވެ. އަދި ވެންޓިލޭޓަރާއާއި އޮކްސިޖަން ދޭން ނުޖެހޭ މީހުންނަށް މި ބޭހަކީ އެއްވެސް ވަރެއްގެ ފަރުވާއެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން