ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ވިޔަފާރިއާމެދު އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުالله އުޅުއްވަނީ ނުބައި ހިސާބެއް ޖައްސަވައިގެން ކަމަށް ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި ނަވާޒް ވިދާޅުވީ އަދުރޭގެ ހިސާބު މިފަހަރުވެސް ގޯސްކަމަށެވެ. އަދި ޤާސިމަކީ ވަރަށް ދުރުވިސްނޭ ވިޔަފާރީގެ އުކުޅުތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ގާބިލް ބޭފުޅެއްކަމަށް ނަވާޒް ވިދާޅުވިއެވެ.
ޕީޕީއެމުން ދާދިފަހުން ރާއްޖޭގެ އުތުރަށްކުރި ދަތުރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ގާސިމަކީ ބައެއް މީހުން ގަބޫލުކުރާހާ މޮޅު ވިޔަފާރިވެރިއެއް ނޫންކަމަށެވެ. އަދި ޤާސިމްގެ ވިޔަފާރި ކުރިއެރުވީ ސަރުކާރުތަކުގެ ތެރެއިން ނާޖާއިޒް މަންފާ ހޯއްދަވައިގެން ކަމަށް އަދުރޭ ވަނީ ތުހުމަތުކުރަށްވާފައެވެ.
އެކަމާ ގުޅިގެން ނަވާޒް ވިދާޅުވީ ސަރުކާރުން އިޢުލާނުކުރުމުން ބިޑުކޮށްގެން ޤާސިމްއަށް ލިބިވަޑައިގެންފައި އޮތީ އެންމެ ރަށެއްކަމަށެވެ. ދެން އިތުރަށް ހުރި ރަށްތަކަކީ އެހެން ބަޔަކު ތަރައްޤީކުރުމުން ބޮޑު އަގުގައި ގަނެފައިވާ ރަށްތަކެއްކަމަށް ނަވާޒް ވިދާޅުވިއެވެ. އެހެންކަމުން އެއީ އަދުރޭ ޖެއްސެވި ނުބައި ހިސާބެއްކަމަށާއި އަދި އެވާހަކަތައް އެދެއްކެވީ ޤާސިމްގެ ވިޔަފާރިއާއި ބެހޭ މައުލޫމާތުތައް ރަނގަޅަށް ނޭނގިކަމަށް ނަވާޒް ވިދާޅުވިއެވެ.
“އަޅުގަނޑަށް ހީވަނީ އެއުޅެނީ އަނެއްކާވެސް ނުބައި ހިސާބެއް ޖެއްސެވިގެންހެން.” ނަވާޒް ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަތަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުން ވަނީ އަދުރޭއަށް ރައްދު ދެއްވާފައެވެ. އެގޮތުން އެޕާޓީގެ ނައިބު ލީޑަރ އަމީން ވިދާޅުވީ ޤާސިމް އިބްރާހީމަކީ ބުރަމަސައްކަތުން ވިޔަފާރި ކޮޅަށް ޖެއްސެވި ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނަކީ ވިޔަފާރީގެނަފާ ބޭނުންޖެހިފައިވާ މީހުންނަށް ދެއްވައި އެފަދަމީހުންނަށް އުންމީދު ގެނެސްދެއްވާ ބޭފުޅެއް ކަމަށް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު