އެޖެންޑާ19 ގެ 90 އިންސައްތަ ފުރިހަމަ ކުރެވޭނެކަމަށް ޤަބޫލުކުރަށްވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަންވެސް ކުރަށްވާ އަސްލަމް ވިދާޅުވީ ސަރުކާރުގެ ވަޢުދުތަކުގެ ވަރަށް ބޮޑުބައެއް އަންނަ އަހަރުގެ ނިޔަލަށް ނިމިގެންދާނެ ކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ހުރިހާކަމެއް ފަހަރުގައި ޙާސިލުނުވެދާނެ ކަމަށްވެސް އަސްލަމްވަނީ ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރުގެ 2 އަހަރު ހޭދަވެގެން ދިޔައީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެއްވެސްކަމެއް ބޭނުންވި ސްޕީޑްގައި ނުކުރެވި ކަމަށާއި އެއީ ޙަޤީޤަތް ކަމަށެވެ. އެވާހަކަ މިހާރު ދެއްކުމުން ބައެއް ބޭފުޅުން ހިތްޕުޅާވެސް ނުވާ ކަމަށާއި ނަމަވެސް މާސްކު އަޅައިގެން އުޅެންޖެހުނު ދުވަސްތަކަކީ ހަނދާނުން ފޮހެވޭހާ ދުރުހަނދާނެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
“މީގެ 90 ވަރަކަށް ޕަސެންޓް އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުން ޙާސިލުވެގެންދާނެ މިއަންނަ އަހަރު ނިމިގެން ދާއިރު.” އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކޮވިޑާގުޅިގެން މުޅި ޤައުމު ބަންދުކުރަން ޖެހުމަކީ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ބަލިމަޑުކަމުގެ ސަބަބުން ބަޖެޓު ހުރިނަމަވެސް ކުރަންބޭނުންވި ކަންތައްތައް މެދުކަނޑާލައި ރައްޔިތުންގެ އެހެނިހެން ކަންތައްތަކަށް އެ ފައިސާ ބޭނުންކުރަން ޖެހުނު ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެއީ ޤައުމެއްގެ ޙަޔާތުގައި ވަރަށް ހިތްދަތި 2 އަހަރު ކަމަށާއި ނަމަވެސް މިއަދު އެކަމުން އަރައިގަނެ ރައީސްގެ ވަޢުދުތައް ތުނޑުން ތުނޑަށް ފުއްދަވަމުން ގެންދަވާ ކަމަށެވެ. އަދި އުންމީދު ކުރަށްވަނީ ހުރިހާ ވަޢުދެއް ނުފުއްދުނު ނަމަވެސް 90 އިންސައްތަ ވަޢުދު ފުއްދޭނެ ކަމުގައިކަމަށް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު