އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އަންނަ ހަފަތާގައި ނ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ހާމަކޮށްފިއެވެ.
ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީންގެ މި ދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީއަށް މެމްބަރުން އިތުރުކޮށް އެ ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާއި ބައްދަލު ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅުގައި ނ. އަތޮޅުގެ ހަރަށަކަށް ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ނ. ކެނދިކުޅުދޫ އާއި މިލަދޫ އާއި މަނަދޫ އާއި ހޮޅުދޫ އަދި މަގޫދޫ ހިމެނެ އެވެ. މި ދަތުރުފުޅު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.
މިދިޔަ ހަފްތާގައި ރައީސް ޔާމީން ވަނީ ހއ. އަތޮޅަށްވެސް ޒިޔާރަތް ކުރަށްވާފައެވެ. އަދި އަންނަ މަހުގެ ކުރީކޮޅު އެމަނިކުފާނު އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ވެސްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު