އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ދެން ނުގަންނާނެކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަށްވާފައިވާ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިއަދު ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ދެން ނުގަންނާނެކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އިޒްރޭލުން މިހާރު ކުރާކަމަކީ، ފަލަސްތީނުގެ ޒައިތޫނި ދަނޑުތަކުން ގޮވާންކުރަންދާ މީހުން ހުއްޓުވުމާއި ކުޑަކުދިންނަށް އަނިޔާ ކުރުން ކަމަށެވެ.

"އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް އަހަރެން ދެން ނުގަންނާނަން. އަހަންނާ ބައިވެރިވާނީ ކާކު؟" އިބްރާ ވިދާޅުވެފައިވެއެވެ.



އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގައި މިހާރުވެސް 18 އަހަރު ނުފުރޭ 4000 އަށްވުރެ ގިނަ ކުޑަކުދިން އިޒްރޭލުގެ ޖަލުތަކުގައި ތިބިކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު


-24

ކުޗްކުޗް

26-Oct-2022

އިބުރާ ތިވީ ކޮންއެއްޗެއް އިނގޭމީހަކައް؟


9

ޜޮސް

26-Oct-2022

ޢައި އޭމް ވިތްޔޫ


-10

ޜޮސް

25-Oct-2022

ޢައި އޭމް ވިތްޔޫ


-1

ވ

24-Oct-2022

އެއްމެންވެސް ތިގޮތަށްކަންތައްކުރާނަމަ އެއްބަސްކިޔާފަ ތީވަރަށްރަގަޅުކަމެން


-8

އަލި

24-Oct-2022

އިޒްރޭލް ގެ އެއްވެސް ޕްރޮޑަކްޓެއް ރާއްޖެ ގެނައުން މަނާ! ދެން ގަންނާނީ ކިހިނެއް? ސުރުޚީ އަކުން ޖާގަ ހޯދަން ތިޔަނޫން ވާހަކައެއް ބުނި ނަމަ


-15

ޞަހުރު

24-Oct-2022

ފުލުހުން ބޭނުންކުރާ ސެލެބްރައިޓް ސޮފްޓްވެއަރ އަކީ އިޒުރޭލު އެއްޗެއް. އެއަށް ކޮންމެ މަހަކު ދިވެހި ދައުލަތުން ޗަންދާ ދައްކާ.