ސަރުކާރުން މަސައްކަތްކުރަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅުޖީލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.
ރައީސް މިއަދު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމާއި، ސްކޮލަރޝިޕް ފުރުޞަތުތަކާއި، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކާއި، ކުޅިވަރު ދަނޑުތަކާއި އެސްއެމްއީ ލޯނުތައް ތަޢާރަފްކުރެވިފައި ވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށްކަމަށް ކަމަށެވެ.
ޒުވާނުންނާބެހޭ ވަޒީރު އަޙްމަދު މަޙްލޫފުވެސް މިއަދު ވިދާޅުވީ މިސަރުކާރުން ޒުވާނުންނަށް ފަހިކޮށްދެމުންގެންދާ ފުރުސަތުތަކުގެ ސަބަބުން ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަށެވެ.
އެގޮތުން މިސަރުކާރުން ވަނީ މީހުން ބިނާކުރުމަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުން ވަޒީފާތަކަށް ނެރޭނެ ކަމަށް ބުނެފައެވެ. އަދި މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ވިހިހާސް ވަޒީފާ އުފައްދާފައިވާ ކަމަށްވެސް މަޙްލޫފް މިއަދު ވިދާޅުވިއެވެ.

#YouthDay2022 ގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސްކުރަން. ހިލޭ ޑިގްރީއާ ސްކޮލަރޝިޕް ފުރުޞަތުތަކާ، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކާަ، ކުޅިވަރު ދަނޑުތައް އަދި އެސްްއެމްްއި ލޯނުތައް ތަޢާރަފްކުރެވިފައި ވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށް.
— Ibrahim Mohamed Solih (@ibusolih) October 22, 2022
ޒުވާނުންނާބެހޭ ވަޒީރު އަޙްމަދު މަޙްލޫފުވެސް މިއަދު ވިދާޅުވީ މިސަރުކާރުން ޒުވާނުންނަށް ފަހިކޮށްދެމުންގެންދާ ފުރުސަތުތަކުގެ ސަބަބުން ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަށެވެ.
އެގޮތުން މިސަރުކާރުން ވަނީ މީހުން ބިނާކުރުމަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުން ވަޒީފާތަކަށް ނެރޭނެ ކަމަށް ބުނެފައެވެ. އަދި މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ވިހިހާސް ވަޒީފާ އުފައްދާފައިވާ ކަމަށްވެސް މަޙްލޫފް މިއަދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު