މަންދު ކޮލެޖް އިމާރަތް
މަންދު ކޮލެޖް އިމާރަތް
މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން އުވާލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމާއި ޚިލާފަށް ނިންމާފައިވާ ނިއްމުމެއް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އެއްބަސްވުން އުވާލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކޮށްފައި އޮތް ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށެވެ.

އެއްބަސްވުން އުވާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، އެއްބަސްވުމުގައިވާ ގޮތަށް އެ ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާތީ ކަމަށް ވީނަމަވެސް އެ މިނިސްޓްރީން، މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ހަދައިދީފައިވާ ކިޔަވައިދޭ ތަންތަނުގެ ރަޖިސްޓްރީގައި އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ޙުކުމްގައި ބުނެފައިވެއެވެ.

އެމްއީއެސް އެއްބަސްވުން އުވާލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދަން އިބްރާ ދައުވާ ކުރައްވަން އުޅޭ ކަމަށް މީޑިއާގައި މީގެ ކުރިން ރިޕޯޓް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މަންދު ކޮލެޖާއި އެމްއީއެސް ހިންގަން ހަވާލުކޮށްފައި އޮތް އެއްބަސްވުން އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއެއްބަސްވުން އުވާލީ އެއްބަސްވުމުގައި އޮތްގޮތަށް އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާ ކަމަށް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން