ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން، ޕްރިމިއާ ޗެމްބާސް އިން ފޯރުކޮށްދިން ގާނޫނީ ކަންކަމަށް ލިބެންޖެހޭ 1.3 މިލިއަން ރުފިޔާ ހޯދަން އެ ލޯ ފާމުން އޭނާއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
ގ. އެނިފްގޭގައި ހުންނަ ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި ފެބްރުއަރީ 10، 2015 ގައި އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުކުރި ހިސާބުން ފެށިގެން، އެ މައްސަލަ އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާގެ ގާނޫނީ މަސައްކަތްތައް ކުރަމުން ދިޔައީ ވަކީލް މައުމޫން ހަމީދުގެ ހިއްސާ އޮންނަ ޕްރިމިއާ ޗެމްބާސް އިންނެވެ. ނަމަވެސް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވި ފަހުން ނާޒިމް ވަނީ އެ ލޯ ފާމު ދޫކޮށްލައްވަން ނިއްމަވާފައެވެ.
ޕްރިމިއާ ޗެމްބާސްގެ ފަރާތުން މި މައްސަލަ ކޯޓުގައި ތަމްސީލު ކުރައްވާ ވަކީލް މުހައްމަދު ޝާކިރު ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ލޯ ފާމު ދޫކޮށްލިއިރު ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، ނާޒިމްގެ މައްސަލައިގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް އެ މައްސަލައާ ގުޅޭ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އެ ހިދުމަތްތަކަށް 977،353ރ. ދެއްކުމަށް އެދި އެތައް ފަހަރެއްގެ މަތިން ނާޒިމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން އަންގާފައިވާ މުއްދަތުތަކުގެ ތެރޭގައި ފައިސާ ނުދެއްކުމުން މިދިޔަ މާޗު މަހުގެ 18 ގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޖޫރިމަނާތަކާ އެކު 1.3 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި އެވެ. މައްސަލައިގެ ޑިސްޕިއުޓު މަރުހަލާގައި ފުރަތަމަ އަޑުއެހުން ބޭއްވީ މިއަދުއެވެ. ޝާކިރު ވިދާޅުވީ ހައި ކޯޓުގައި އިސްތިއުނާފުގެ މައްސަލަ ކުރިއަށް ގެންދިޔައީ، އެ ވަކީލުން ހުށަހެޅި ފައިލަށް ކަމަށެވެ.
އެ މައްސަލައިގައި އިސްތިއުނާފުކުރަން ޕްރިމިއާ ޗެމްބާސް އިން 75 ސޮފްހާގެ ލިޔުން ވަނީ ހުށައަޅާފައެވެ.
އެ މައްސަލައިގައި މާޗު 27، 2015 ގައި ކްރިމިނަލް ކޯޓުން ވަނީ ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މިހާރުގެ މެމްބަރު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ހައި ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް 2016 ގައި ތާއިދުކޮށްފަ އެވެ.
ނަމަވެސް ޝަރުއީ ދާއިރާގެ އެންމެ މަތީ އަދި އެންމެ ފަހު ބަސްބުނާ، ސުޕްރީމް ކޯޓަށް ހުށަހެޅުމުން ފުރަތަމަ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެކަމަކު، އެ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ފަހުން ހުށަހެޅުމުން އެ ކޯޓުން ނާޒިމްގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު