ފުލުހުންގެ މުވައްސަސާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241 ކޮމިޓީ) ކޮމެޓީން އަމުރު މައުރޫފް ހިންގުމަކީ އެ މުވައްސަސާ އަށް ސިޔާސީ ނުފޫޒު ވަންނާނެ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިހާރު އޮތް "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" ގައި 241 ކޮމިޓީގެ ބާރުތައް ބަޔާންކުރާ ބާބުގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު 241 ކޮމިޓީ އަށް އޮންނާނެ ކަމަށެވެ. އަދި ފުލުހުން ހިންގަމުންދާ ނުވަތަ ހިންގާފައިވާ ނުވަތަ ހިންގަން ގަސްދުކުރާ އެކި އޮޕަރޭޝަންތަކާއި ހަރަކާތްތަކާ ބެހޭ މައުލޫމާތުގެ ތެރެއިން ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތު އޮޅުންފިލުވޭނެ ކަމަށް އެބާބުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަތުމާއި އެ އުސޫލުތައް ބަދަލުކުރަން އެންގުމުގެ ބާރު ވެސް އެ ބިލް ގާނޫނަކަށް ވުމުން ކޮމިޓީ އަށް ލިބިގެންދާނެއެވެ. އެކަމާ ގުޅިގެން އިސްލާމިކް ޔުނިވަސިޓީ ފުރަތަމަ ޗާންސެލަރ ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފުލުހުުންގެ މުވައްސަސާ އަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި އޮންނަ މުވައްސަސާ އަކަށް ވާންވާނެ ކަމަށެވެ. އަދި އެމުވައްސަސާގެ މައްޗަށް 241 ކޮމެޓީން އަމުރު މައުރޫފް ހިންގުމަކީ އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަންނާނެ ކަމެެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ފުލުހުންގެ މުއައްސަސާގެ މައްޗަށް 241 ކޮމެޓީން އަމުރު މައުރޫފް ހިންގޭ ގޮތަށް ގާނޫނަށް ބަދަލުކުރުމަކީ ސިޔާސީ ނުފޫޒު މިހާރަށްވުރެ ބޮޑަށް ވަދެގެންދާނެ ކަމެއް." ރައީސް ޔާމިންގެ ރަނިންމޭޓްގެ ގޮތުގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ.ޝަހީމް ވިދާޅުވިއެވެ.
ފުލުހުންގެ ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241 ކޮމިޓީ) ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައިވާ ބާބުގައި ހުރި ބައެއް ކަންކަމަކީ މަޖިލީހުން ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ނުފޫޒު ފޯރުވިދާނެ ފަދަ ބަދަލުތަކެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ވިދާޅުވެފައެވެ.
މިހާރު ކޮމިޓީ މަރުހަލާގައި އޮތް ފުލުހުންގެ ޚިދުމަތާބެހޭ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަމުން ދިޔައިރު އެމްޑީޕީގެ މެންބަރުން ވަނީ ފެބްރުއަރީ 7/ 8 ގެ ބަދަލު ހިފުމުގެ ރޫހުގައި ވަރަށް ބޮޑަށް ފުލުހުންނަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ފުލުހުން ލާ ސްމާޓް ޔުނީފޯމްބަދަލުކޮށް ފުލުހުންގެ މައި އިދާރާ ގެ ނަންވަެސް ބަދަލު ކުރަން ޖެހޭ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ބައެއް މެންބަރުން ފުލުހުން ސިފަކޮށްފައިވަނީ އަނިޔާވެރި "ކުއްތާތަކެއް" ގެ ގޮތުގައެވެ.
އާ ސަރުކާރުން ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް ހުށައެޅި ބިލުގައި ފުލުހުންގެ ހުވައަށް ގެނަސްފައިވާ ބަދަލާއި މެދުވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން މިހާރު އޮތް ފުލުހުންގެ ގާނޫނާއި ޚިލާފަށް މިފަހަރުގެ ބިލުގައި ފުލުހުންގެ ހުވާގެ ފެށުމުގައި އިސްލާމްދީން ހިމާޔަތް ކުރުމަށް އޮތް ތަން ބަދަލުކޮށްފައިވަނީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމުގެ ވާހަކައަށެވެ.

ކިޔުންތެރިންގެ ހިޔާލު