ރާއްޖެއަށް ކެނެބިސް ޓްރެފިކްކުރި ލަންކާމީހަކު ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ޢުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ ލަންކާ ރައްޔިތެއްކަމަށްވާ ރަނަސިންގް ޓިއްސާ ހެވަގެއެވެ. އޭނާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާކަމަށް އިއްޔެ ވަނީ ޙުކުމް ކޮށްފައެވެ. ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާގެ އިތުރުން، ކެނެބިސް ބޭނުން ކުރުމުގެ ދަޢުވާ ރަނަސިންގް ޓިއްސާގެ މައްޗަށް ސާބިތުވެ އިތުރު 03 އަހަރުގެ ޖަލު ޙުކުމެއްވެސް އިއްޔެ ކްރިމިނަލް ކޯޓުންވަނީ އޭނާގެ މައްޗަށް އިއްވާފައެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ޙަބީބު އިއްޔެ ކުރެއްވި ޙުކުމުގައި ވަނީ، ރަނަސިންގް ޓިއްސާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ކުށުގެ އުގޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން އުމުރަށް ޖަލަށް ލުމަށާއި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޤާޟީ ހުކުމް ކުރެއްވިއެވެ. ހަމައެއާއެކު ޖޫރިމަނާ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ޙުކުމުގައިވެއެވެ.
ޢުމުރަށް ޖަލަށްލުމަށް ރަނަސިންގް ޓިއްސާގެ މައްޗަށް ޙުކުމްކުރި ނަމަވެސް މިހާތަނަށް ބަންދުގައި އޭނާ ހޭދަކުރި މުއްދަތު އުނިކުރުމުން މި މައްސަލާގައި އޭ ތަންފީޛުކުރަން ޖެހެނީ 22 އަހަރަާއި 4 މަހާއި 13 ދުވަހެވެ.
މި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މާޗް 5، 2020 ގައި މާލޭ ގ. ރާޑޯގޭގެ ފުރަތަމަ ފަންގިފިލާގައި މަސްތުވާތަކެތި ރައްކާކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކޯޓު އަމުރެއްގެ ދަށުން އެތަނަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ގެ ފާސްކުރި އިރު ފިލްމް ހުސްކުރި 12 ދަޅުގައި 306.7694 ގްރާމްގެ ކެނެބިސް ވަނީ ފެނިފައެވެ.
އޭގެއިތުރުން އޭނާ ދިރިއުޅޭ ކޮޓަރީގައި ހުރި އަލަމާރީގެ ވަތްގަނޑު ތެރެއިން ނެގި ފިލްމް ހުސްކުރި ދަޅެއްގައި ކިރޭ ވަރަށް ވުރެ މަދު މިންވަރަކަށް ކެނަބިސް ހޭކިފައި ހުރި ކަމަށާއި، 0.7433 ގްރާމްގެ ކެނަބިސް ހުރި ސެލޯފިން ކޮޅެއްވެސް ފެނިފައިވާކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު