ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައި؛ ރާއްޖެއިން ކުޑަކުދިންނަށް ޖެހޭ ކޯވިޑް-19 އަށް ވުރެ ނުރައްކާތެރި ބައްޔެއް ވަނީ ފެނިފައި
ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައި؛ ރާއްޖެއިން ކުޑަކުދިންނަށް ޖެހޭ ކޯވިޑް-19 އަށް ވުރެ ނުރައްކާތެރި ބައްޔެއް ވަނީ ފެނިފައި
ކޯވިޑް-19 އަށް ވުރެ ނުރައްކާތެރި އަދި ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރެން (އެމްއައިއެސްސީ) ރާއްޖެއިން ފެނިފައިވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ އެއް އަހަރުގެ ކުއްޖަކަށް (އެމްއައިއެސް-ސީ) ބަލި ޖެހިފައިވާ ކަމަށެވެ. މި ބަލީގައި އެ ކުއްޖާގެ ހިތުގެ ލޭނާރުތަކަށް އަސަރު ކޮށްފައިހުރި ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އަދި މިއީ ކޯވިޑް-19 އާ ގުޅުން ހުރި ބައްޔެއް ކަމުގައި ވީނަމަވެސް އެކުއްޖާގެ ކޯވިޑު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަންވެސް ޑޮކްޓަރ ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން 18 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މި ބަލީގެ އަލާމަތްތައް އެކުއްޖާގެ ކިބައިން ފެންނަމުން ދިޔަ ކަމަށާއި، އަލާމާތްތަކުގެ ތެރޭގައި ހުން އައުމާ، ވަރުބަލިވުމާއި، ތުންފަތާއި ދުލާއި ލޯ ރަތްވުމުގެ އިތުރުން ބިހި ނެގުން ފަދަ ކަންކަން ފާހަގަކުރެވިގެން ދިޔަކަމުގައި ވެސް ޑރ. ފައިސަލް  ވިދާޅުވިއެވެ.

ނަމަވެސް ﷲގެ ރަހްމަތްފުޅުން އެ ބަލިން އެ ކުއްޖާ މިހާރު ރަނގަޅުވެފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވެފައިވެއެވެ.



މި ދުވަސްކޮޅު މިބަލި ބައެއް ގައުމުތަކުން ފެންނަމުންދަނީ ކޯވިޑް-19 އާ ގުޅިގެންނެވެ. މިބަލި ޖެހިއްޖެ ނަމަ ކޯވިޑް-19 ޖެހިފައި ހުންނަ މީހެއްގެ ކިބައިން ފެންނަ ހުރިހާ އަލާމާތެއް ފެނެއެވެ. އެގޮތުން ހުން އައުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަންކަމާއި އާދަޔާއި ހިލާފަށް މީހާ ވަރުބަލިވުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިނގިރޭސި ވިލާތާއި އެމެރިކާއިން ވެސް މި ބަލި ފެނިފައިވެއެވެ. މި ބައްޔަކީ ކުއްޖާގެ ދިފާއީ ނިޒާމަށް ބާރުބޮޑުވެގެން ދިއުމާއެކު ޖެހޭ ނުރައްކާތެރި ބައްޔެކެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޢަކދހކަކޖދޖ

21-Jun-2020

އެންމެ ފުރަތަމަ ބަލި ފެނުނީމަ އެއްނޫންދޯ މިބުނީކީ. އެއްކުއްޖާ ރަނގަޅުވީމަ.


2

ހހޖ

21-Jun-2020

ތީ އިންޑިޔާއިން ގެނަި އެއްޗެއް ކަށްވާނީ



ޓްރެންޑިން