ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1530 ފްލެޓް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1530 ފްލެޓް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1530 ފްލެޓް އިމާރާތްކުރުމަށް ފަށާފައިވާ މަޝްރޫއުގެދަށުން އިމާރާތްކުރާ ފުރަތަމަ އިމާރާތުގެ ސްޓްރަކްޗަރ ނުވަތަ އޮނިގަނޑުގެ މަސައްކަތް ނިމިއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ސޯޝަލް ހައުސިންގް ޕްރޮޖެކްޓްގެ ދަށުން އަޅާ މި ޕްލެޓްތައް ތަރައްޤީކުރަނީ، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އިންނެވެ. ޗައިނާ ޑިވެލޮޕްމެންޓް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ މި ފްލެޓް ތަކުގެ ފުރަތަމަ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމުނުކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒެންގް ލި ޒޮންގް ވަނީ މިއަދު ހާމަކުރައްވާފައެވެ.

މިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި ސަފީރު ވަނީ މި މަޝްރޫޢުގެ މަސައްކަތް ތަވާލާއި އެއްގޮތަށް ނިންމަން މަސައްކަތްކޮށްދިނުމަށް ސީއެމްސީ ކުންފުނީގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މި މަޝްރޫޢުއަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް މުހިންމު މަޝްރޫޢެއްކަންވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

"މި ޚާއްޞަ ވަގުތުގައިވެސް ސީއެމްއީސީން މަސައްކަތުގައި ހޯދާފައިވާ ބޮޑު ކުރިއެރުން ފާހަގަކުރަން. އަދި މި މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީޚަށް ނިންމުމަކީ އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށްވެސް މުހިންމު ކަމެއް." ސަފީރު ވިދާޅުވިއެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން، ސީއެމްއީސީ އަކީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 7000 ފްލެޓުގެ މަސައްކަތްވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

ރައީސް ސޯލިހް ވަނީ 2023 ގެ ނިޔަލަށް 20 ހާސް އާއިލާއަށް ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ވަޢުދުވެފަ ވަޑައިގެންފައެވެ.

ރާއްޖޭގައި އަދި ވަކިން ޚާއްސަކޮށް ގްރޭޓަރ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އިއުލާންކުރައްވާފައެވެ. އެގޮތުން މިއަހަރުގެ މާރޗްމަހު "ފަހި ދިރިއުޅުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރާ 1700 ހައުސިންގ ޔުނިޓްގެ ބިންގާ ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 15 އަދި 16 ފަންގިފިލާގެ 11 ޓަވަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން