މާމިގިލީ އެއާޕޯޓަށް ފުލައިޓެއް ޖައްސަނީ
މާމިގިލީ އެއާޕޯޓަށް ފުލައިޓެއް ޖައްސަނީ
ކޮވިޑް19 ގެ ސަބަބުން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށިގެން ދާއިރު މާމިގިލި އެއާޕޯޓު އަލުން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ނަމަވެސް އެކަމަކީ އެ މިނިސްޓްރީއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ޓްރާންސްޕޯޓުން ބުނެފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޓަނޭޝަނަލް އޮޕަރޭޝަންތައް ފެށުމަށް ހުއްދަ ދެވޭނީ އެއާ އޮޕަރޭޓަރ ސެޓްފިކެޓް ލިބުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރުމުން ކަމަށެވެ. އޭގެ ތެރޭގައި ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީތަކުގެ އިތުރުން ވެސް ފުރިހަމަ ކުރަންޖެހޭ އެހެން ބައެއް ކަންކަން ހުންނާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ މާމިގިލި އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުރުމަށް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ސިވިލް އޭވިއޭޝަންގެ ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަކުރަމުުން އަންނަ ކަމަށެވެ.

މާމިގިލި އެއާޕޯޓަކީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ ފިރިކަލުންގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ތަނެކެވެ. މީގެ ކުރިން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގި މާމިގިލި އެއާޕޯޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް އަނެއްކާވެސް ބަދަލުކޮށްފައެވެ. އޭގެފަހުން އެ އެއާޕޯޓު ހިންގަމުން އަންނަނީ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައެވެ. މި އެއަރޕޯރޓަކީ ގާސިމު އިބުރާހީމްގެ ސިޔާސީ މަސައްކަތްތަކާއި ގުޅުވައިގެން އެމަނިކުފާނުގެ ވިޔާފާރިއަށް އަރާފައިވާ ލޮޅުންތަކު ގެއްލުން އެފަދަ ކޮންމެ ފަހަރަކު އެންމެ ބޮޑަށް ކުރާ އެއް ތަނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން