ގއ. މާމެންދޫއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ
އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މާލެއިން ހޯމް ކަރަންޓީނަށް ދިޔަ 28 އަހަރުގެ ފިރިހެނެކެވެ. އެމީހާ މާލެއިން އެރަށަށް ގޮސްފައި ވަނީ މި މަހުގެ 13ވަނަ ދުވަހު ކަމަށް އެނގިފައިވެއެވެ. އެމީހާގެ ސާމްޕަލް ނަގާފައި ވަނީ މި މަހުގެ 16ވަނަ ދުވަހުއެވެ.
މިއީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމި ފަހުން ރާއްޖޭގެ ރަށަކުން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. ދާދިފަހުން އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖުގައި ކަރަންޓީނުގައި ހުރި އުމުރުން 65 އަހަރުގެ އަންހެނަކު ވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2،138 އަށް އަރާފައެވެ. ނަމަވެސް ބަލި ޖެހިފައި މިހާރު ތިބީ 433 މީހުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ދެނީ 9 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު