ބައިނަލްއަޤުވާމީގޮތުން ދިވެހިންނަށް ގޮންޖެހުންތައް ކުރިމަތިވެދާނެފަދަ ގަދަބަސް ބުނާއިރު ވިސްނަންވާނެކަމަށް ރައްޔިިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ދެކުނުން އޮންނަ ފޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، ފޯޅަވައްސަކީ ދިވެހީންގެ ތަނެއް ނޫންކަމަށް ވިދާޅުވެވެން ނެތް ކަމަށް ވިދާޅުވެ، އެތަނުގެ މައްސަލާގައި އެކި ވެރިކަންތަކުގައި ކަންކުރެވިގެން ދިޔަގޮތް ތާރީހުތަކާއިއެކު ވިދާޅުވެދެއްވާފައެވެ.
އެކަމާ ގުޅިގެން މޫސަ ވިދާޅުވީ ބައިނަލްއަޤުވާމީގޮތުން ދިވެހިންނަށް ގޮންޖެހުންތައް ކުރިމަތިވެދާނެފަދަ ގަދަބަސް ބުނާއިރު ހުރިހާބޭފުޅުންވެސް ވިސްނަންވާނެކަމަށެވެ. އަދި އެކަމުގައި ސީޔާސީ ލީޑަރުންވެސް އިސްތިސްނާ ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. އަންނަ ރިޔާސީ އިންތިޚާބުގެ ވަޢުދަކަށްވާނީ ފޯޅަވަހި ހިފާފައި އެތަނުގައި ފްލެޓްއަޅައި ދިވެހިން އެފްލެޓްތަކަށް ވެއްދުންތޯ މޫސަވަނީ ސުވާލު އުފައްދަވާފައެވެ.
އޭގެ އިތުރުން ކޮމަންވެލްތުން ވަކިކޮށްގެން ގޮވި ފަތިވަރުވެސް ހަނދާން ކުރުމަށް މޫސަ ގޮވާލެއްވިއެވެ.
"ދިވެހީންގެ އިސްސަފުގައި ތިބެ ސިޔާސީގޮތުން އެއްކޮޅަސް އިދިކޮޅަށް އެހެން ޕާޓީތަކުގެ ވެރިންވިޔަސް ބައިނަލްއަޤުވާމީ ގޮތުން ދިވެހިންނަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެފަދަ ގަދަބަސް ބުނީމާ، އާޚިރުގައި ރައްޔިތުން އުފުލަންޖެހޭ ބުރަ ވިސްނަވާތި." މޫސަ ވިދާޅުވިއެވެ.
ރީކޯ މޫސަ ވިދާޅުވީ ފެނިގެން މިދަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ބައިބައިކޮށް ހަލާކުކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އޭގެ އިތުރުން ޕާޓީގެ މެންބަރުންގެ ގޮތުގައިތިބެ ޕާޓީތެރޭން މިހާބޮޑަށް އިދިކޮޅަށް ކުޅެދިން މާޒީއެއް ފެނިވަޑައި ނުގަންނަވާކަމަށްވެސް އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމް ފުރުއްވި މޫސަ ވިދާޅުވިއެވެ.
ރީކޯ މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު ޗާގޯސް މައްސަލާގައި ސަރުކާރުން ޖުމްހޫރީ ޕާޓީއާ މަޝްވަރާ ނުކުރާކަމަށް އެ ޕާޓީންވެސް ވަނީ ބުނެފައެވެ. ހަމައެއާއެކު އެ މައްސަލާގައި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުންވެސް ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރުން ގެންދަނީ ސަރުކާރުގެ ސްޓޭންޑް ދިފާޢުކޮށް ޗާގޯސްގެ މައްސަލާގައި ސަރުކާރުން ގޯހެއް ހަދާފައި ނުވާނެ ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު