ފުލުހުންގެ ވެހިކަލް އެއް
ފުލުހުންގެ ވެހިކަލް އެއް
ލ. އިސްދޫގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލައި، ދެ ފުލުހަކަށް އަނިޔާވެެއްޖެއެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީލް ވިދާޅުވީ އެ ވެހިކަލް ފުރޮޅާލިއިރު ވެހިކަލްގައި ދެ ފުލުހުން ތިބި ކަމަށާއި، ވެހިކަލް ފުރޮޅާލީ ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ވެހިކަލް ފުރޮޅާލައިގެން 300 އެއްހާ ފޫޓު ދުރަށް ކަހާލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިވަގުތު ވެހިކަލްގައި ތިބި ދެ ފުލުހުންވެސް ތިބީ ސިއްހީ މަރުކަޒުގައި ކަމަށް ހަލީލް ވިދާޅުވިއެވެ. ހަލީލް ވިދާޅުވީ ދެ ފުލުހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާގެ ބަހެއް އަދި ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން