ޓެކްސް ބޮޑުކުރުމަށް މިއަށްވުރެ މުނާސަބު ޙާލަތެއްނެތްކަމަށް މަރަދޫ ދާއިރަގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޤައުމުތަކުން ޓެކްސްބޮޑުކުރަނީ ޢާމްދަނީ ލިބޭނެ އިތުރުދޮރުތައް ބަންދުވެ އެތަނެއްގެ އިޤްތިޞާދު ދަށަށް ދިއުމުން ކަމަށެވެ.
ޝަރީފް ވިދާޅުވީ ޤައުމެއްގެ މާލީ ޙާލަތު ހަމައަކަށް އަޅުވަންޖެހޭ ޙާލަތަށްވުރެ ޓެކުހެއް ބޮޑުކުރުމަށް އެކަށީގެންވާ ޙާލަތެއް ނޯންނާނެ ކަމަށެވެ. ޢާއްމު ރައްޔިތުންގެ މުސާރަ ކަނޑާލުމަށްވުރެ ޓެކްސް ބޮޑުކުރުން ރަނގަޅުކަމަށާއި ޓެކްސް ނަގަނީވެސް ރައްޔިތުންގެ މުސާރައިންކަމަށް ޝަރީފް ވިދާޅުވިއެވެ.
“މިތާ މިދެއްކެނީ ސިޔާސީގޮތުން ދެކެވޭ ވާހަކަ. މިއީ މާލީ ހަމައަކަށް އުސޫލަކަށް ބުރަވެ ދެކެވޭ ވާހަކައެއް ނޫން.” މަޖިލީހުގައި ޓެކްސް އިތުރުކުރުމާ ދެކޮޅަށް ވާހަކަދައްކަވާ ބޭފުޅުންނަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިއަދު ވިދާޅުވީ ރައްޔިތެއް ނެތްތަނެއްގައި ދަޢުލަތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ސިޔާސީ ވާހަކަ ދެއްކި ނަމަވެސް ރައްޔިތުން ނިކަމެތިވާނެގޮތަށް ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރިކަރަންޓް ޚަރަދަކީ ދަޢޫލަތުގެ ޢާމްދަނީން ހަމަޖައްސަންޖެހޭ ކަމެއް ކަމަށާއި އެއީ ލޯނު ނަގައިގެން ކުރަންޖެހޭ ކަމެއްނޫން ކަމަށްވެސް ޝަރީފް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު