ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ: ފުލުހުންގެ ދިފާޢުގައި ވާހަކަ ނުދައްކަވާތީ އިތިބާރު ނެތްކަމުގެ ވޯޓަކަށް ހުށައަޅުއްވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު ވަނީ ވިދާޅުވެފައި
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ: ފުލުހުންގެ ދިފާޢުގައި ވާހަކަ ނުދައްކަވާތީ އިތިބާރު ނެތްކަމުގެ ވޯޓަކަށް ހުށައަޅުއްވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު ވަނީ ވިދާޅުވެފައި
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ފުލުހުންގެ ދިފާއުގައި ވާހަކަ ނުދައްކަވާނަމަ އެމަނިކުފާނުގެ އިތުބާރު ނެތް ކަަމަށް ހުށައަޅުއްވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު (މޮސްޓާ) މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ފުލުހުންގެ އަގުވައްޓާލާ ނަފުރަތު އުފައްދަމުންދިޔައިރު ފުލުހުންގެ ހައްގުގައި މިނިސްޓަރު އިމްރާން ކުރެއްވީ ކޮންކަމެެއްތޯ ވަނީ ސުވާލުކުރައްވާފައެވެ.

މޮސްޓާ ވަނީ ފުލުހުންގެ ހައްޤުގައި ބަސް ނުބުނާނަމަ މިހާރުން މިހާރަށް އިމްރާން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ. އަދި އެހެން ނޫންނަމަ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމުގެ އިންޒާރުވެސް މޮސްޓާ ވަނީ ދެއްވާފައެވެ.



ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލުގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފުލުހުންނާއި ގުޅޭގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ދައްކަވާފައެވެ. މިގޮތުން މައްޗަންގޯޅި އުތުރު ދާއިރާ މެންބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވަނީ، ދިވެހި ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓުބުރިއަކާއި ދިގު އިސްޓާކީނެއް ލައްވައިގެން ދަނޑިބުރިއެއް ދީފައި މަގުމައްޗަށް ނެރެން ގޮވާލައްވާފައެވެ. މީގެ އިތުރުން ފުލުހުންގެ އިދާރާގެ ނަން ބަދަލު ކުރުމަށާއި ފުލުހުން މަގުތަކަށް ނެރެންވީ ވީހާވެސް ހުތުރުކޮށް ބައިތިއްބައިގެން ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން