ފަތުވާ މަޖިލީހެއްނެތި ދީނީ އެއްބައިވަންތަކަމުގެ ވާހަކަދެއްކުން ދެކޮޅު ނުޖެހޭ ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އެއްއަސާސަކީ ފަތުވާ ކައުންސިލް ކަމަށެވެ. އެހެންކަމުން އެ ކައުންސިލްނެތި ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމާމެދު ޑރ. ޝަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވަނީ އިސްލާމީ ޝިޢާރުތައް ފާޅުކުރުމުގައި މާތްވެގެންވާ އިސްލާމް ދީނުގައި ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް އެކަކު އަނެކަކަށް އިހުތިރާމު ކުރުމަށް ގޮވާލައްވާފައެވެ. އެކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ފަތުވާދޭ މަޖިލީހެއް ނެތި ދީނީ އެއްބައިވަންތަކަމުގެ ވާހަކަދެއްކުން ދެކޮޅު ނުޖެހޭ ކަމަށެވެ.
"އިސްލާމީ ފަތުވާ ކައުންސިލް ވަޅުލާފަ ބާއްވާފައި (ރާއްޖެ) އިސްލާމްވި ދުވަސް ފާހަގަކުރަން އެއްވެ ދީނީ އެއްބައިވަންތަކަމުގެ ވާހަކަ ދެއްކީމަ ދެކޮޅު ނުޖެހޭ." ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އެކުލަވާނުލާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ދާދިފަހުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިވަނީ ބަޙުސްވެސް ކޮށްފައެވެ. މި ސަރުކާރުގެ ވިސްނުމަކީ ފަތުވާ މަޖިލީހެއްގެ ބަދަލުގައި ފިޤުހު ކޮމިޓީއެއް އެކުލަވާލުމެވެ.
ފަތުވާދޭ މަޖިލީހުގެ މެމްބަރުންގެ ފަސް އަހަރުގެ ދައުރު ފުރިހަމަވެ، މިވަގުތު އެމަޖިލިސް އޮތީ ހުސްކޮށެވެ. މިމަޖިލީހަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 އޭޕްރީލް 25 ގައި އުފެއްދެވި މަޖިލީހެކެވެ.

ކިޔުންތެރިންގެ ހިޔާލު