ސިއްހީ އޮފިޝަލުން މީހެއްގެ ސާމްޕަލް ނަގަނީ
ސިއްހީ އޮފިޝަލުން މީހެއްގެ ސާމްޕަލް ނަގަނީ
ރާއްޖެ އިން މިއަދު އިތުރު 17 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ 82 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 07 ދިވެހިންނާއި ބަންގްލަދޭޝްގެ 06 މީހަކާއި އިންޑިއާ 03 މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.

މިއަދު ބަލިޖެހުނު 17 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2137 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 82 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1759 އަށް އަރާފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 368 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 301 މީހުންނެވެ. އަދި މިހާރު ކަރަންޓީންގައި ތިބީ 215 މީހުންނެވެ. މިހާތަނަށް މިބަލީގައި ރާއްޖެ އިން މަރުވެފައިވަނީ 8 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން