ގއ. މާމެންދު އާއި އެއަތޮޅު ގެމަނަފުށި މޮނިޓަރިންއަށް ލުމާ މެދު ގޮތެއް ނިންމާނީ މާމެންދޫން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ މާމެންދުއަށް ދަތުރު ކުރީ މާލެ އިން ފުރައިގެން ފްލައިޓްގައި ކޫއްޑު އަށް ދަތުރު ކުރުމަށްފަހު ކަމަށެވެ. ކޫއްޑުއަށް އޭނާ ދަތުރުކުރި ފްލައިޓްގައި 40 މީހަކު ދަތުރު ކުރިކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބުރޫކް ވިދާޅުވީ ފްލައިޓްގައި ތިބީ މިއަދު ޕޮޒިޓިވްވި މީހާގެ އިތުރުން އޭނާގެ އާއިލާގެ އިތުރު ތިން މީހަކާއި ގެމަނަފުށީގެ މީހުން ކަމަށެވެ. ފްލައިޓް އެނބުރި މާލެ އައިއިރު ވެސް ފްލައިޓުން މީހުން ދަތުރު ކުރި ކަމަށާއި އެހެން ނަމަވެސް ފަސެންޖަރުން އަރުވާފައި ވާނީ ފްލައިޓް ޑިސްއިންފެކްޓް ކުރުމަށްފަހު ކަން މަބުރޫކް ފާހަގަކުރެއްވިއެވެ.
މިއަދު ޕޮޒިޓިވްވި މީހާ އާއި ގުޅިގެން ގެމަނަފުއްޓާއި މާމެންދޫގައި ވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާކަމަށް މަބްރޫކް ވިދާޅުވިއެވެ. ގެމަނަފުއްޓާއި މާމެންދުއަށް ދަތުރުކުރި މީހުން ތިބީ ގޭގައި ކަރަންޓީން ވެގެން ކަމަށް ވާތީ އެދެރަށުގައި އިތުރު ފިޔަވަޅެއް އަޅަން އަދި މިހާތަނަށް ނިންމާފައި ނުވާކަމަށް މަބުރޫކް ވިދާޅުވިއެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުނީ 14 ވަނަ ދުވަހުއެވެ. އޭނާ އަކީ 28 އަހަރުގެ ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު