އަތޮޅުތަކުގެ ތަރައްޤީއަށް ޓެކުހަކީ މުހިންމު އާމްދަނީއެއް ކަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެން އުފެދިފައިވާ ބަހުސްގައި ބައިވެރިވެވަޑައިގެން ނިޒާރު ވިދާޅުވީ ޓެކުހަކީ ރައްޔިތުންނަށްޓަކައި ނެގޭ އެއްޗެއް ކަމަށާއި ޓެކްސް ނެގުމުގެ ފައިދާއޮތީވެސް ރައްޔިތުންނަށް ކަމަށެވެ.

މޭޔަރ ނިޒާރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ 80 އިންސައްތަ މާލެ ސަރަހައްދުގައި ޤާއިމްވެފައިވާއިރު އަތޮޅުތަކުގެ ތަރައްޤީއަށް ޓެކްސް އަކީ މުހިންމު އާމްދަނީއެއް ކަމަށެވެ. އެގޮތުން ޓެކްސް އިތުރު ކުރަނީ ތަރައްޤީއަށްޓަކައި ކަމަށް ނިޒާރު ވިދާޅުވިއެވެ.

“އަތޮޅުތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދޭނީ ޓެކްސް އިތުރުކޮށްގެން.” މޭޔަރު ނިޒާރު ވިދާޅުވެފައިވެއެވެ.



ޓެކުހާބެހޭ ޤާނޫނަށް ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ.

ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު