ކާމިޔާބުގެ ތަޅުދަނޑިއަކީ ޑިސިޕްލިންގކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތިން ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ ކޮންމެ ކާމިޔާބު އިންސާނެއްގެ ކިބައިގައި ނެތިނުދާނެ ސިފައަކީ ޑިސިޕްލިންގ ކަމަށެވެ. އެއީ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މީހެއް ނަމަވެސް, އެމީހަކު އެމަސައްކަތްކުރާ ދާއިރާއަކުން ކާމިޔާބު މީހަކަށްވާއިރު އެމީހެއްގެ ގައިގަ ހުންނަން ޖެހޭ އެންމެ މުހިއްމު ސިފައަކީ ޑިސިޕްލިންގ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޑިސިޕްލިންގ, ޑިސިޕްލިންގ, ޑިސިޕްލިންގ. އޭނަ ފަތިހު ހޭލިންސުރެ ރޭގަނޑު ނިދިއްޖެއުމަށް ދާންދެން އޭނަގެ މަސައްކަތް ތަރުތީބުވެފަ ހުންނަ ހަމަ. ހިފަހައްޓާ ގޮތް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކޮންމެކަމެއްވެސް އެކަމެއް ކުރަން އޮންނަ ފުރިހަމަ, ރިވެތި ޑިސިޕްލިންގއާ އެއްކޮށް ރަނގަޅަށް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. ކާމިޔާބުގެ ތަޅުދަނޑިއަކީ އަދި ކާމިޔާބުވާ ބަޔަކީ އެއީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ ކޮންމެ މީހަކުވެސް ޤައުމު ކުރިއަރާދާން ބޭނުންވާކަމަށެވެ. އަދި ކޮންމެ މީހަކީވެސް އެންމެ ހިތްހަމަޖެހޭ އެންމެ ކާމިޔާބުވާ މީހުންނަށް ވާން ބޭނުންވާކަމަށެވެ. އެކަމަކު އެހިސާބަށް ދެވެނީ ކޮންއިރަކުންތޯ މިނިސްޓަރ ސުވާލުކުރެއްވިއެވެ.
"އަޅުގަޑުމެންގެ ކިބައިގައި, އެންމެންގެ ކިބައިގައި އެޑިސިޕްލިންގ އަށަގެންނެވީމަ, ހަރުލެއްވީމަ. އެސިފަތައް ދަސްކުރީމަ. އެހެންވީމަ އަޅުގަނޑުމެން އެގޮތް ދަސްކޮށް އޭގެމަތީގައި ތިބެން ޖެހެނީ. އެހެން މީހުންނާ ހަމައަށް ދިއުމުގެ ކުރިން ކުރަންޖެހޭ ކަމަކީ އަމިއްލައަށް ހުރިހާކަމެއް ރަނގަޅަށް ކުރަން ފެށުން." މިނިސްޓަރ ވިދާޅުވިއެވެ.
މީހަކު ކާމިޔާބު މީހަކަށް ވުމަށްޓަކައި ދެން ކުރަންޖެހޭ ކަމަކީ އޭނަ އުގެނި ދަސްކުރާ އިލްމެއް ނުވަތަ ހުނަރެއް އެއީ އެދަސްކުރި ދާއިރާއަކުން އެންމެ އެކަށީގެންވާ ހުނަރާއި އިލްމް ކަމުގައިވުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދަސްކުރުމަށްފަހުގައި ދަސްކުރި ގޮތަށް އަމަލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެހެންނޫނީ ކާމިޔާބު ނުވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ ކުއްޖަކީ އަދި ކޮންމެ މީހަކީ ތިމާގެ ފަރާތުން އަނެކުންނަށް އެންމެބޮޑު ފައިދާކޮށްދޭ މީހާކަމުގައި ވާންޖެހޭކަމަށެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން އިސްނަގައިގެން ކުރިއަށްގެންދާ ރައްކާ ޕްރޮގްރާމްގައި ލ.އަތޮޅުގެ ތިން ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ޓްރެފިކް މޮނިޓަރސް ތަމްރީނުކުރަން ހިންގި ޕްރޮގްރާމް 130 ދަރިވަރުން ފުރިހަމަކުރިއެވެ.
ލ.އަތޮޅުގައި ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި, މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި, ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ސްކޫލްތައް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު