ފ.ފިލިތެޔޮ އައިލެންޑް ރިސޯޓްގައި ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާ އިން ބުނީ، ފ. ފިލިތެޔޮ އައިލެންޑް ރިސޯޓްގައި ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހަވީރުގެ ވަގުތެއްގައި ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގް ކުރަން ފަށާފައިވާ ކަަމަށް ފުލުހުން ބުނެއެވެ.
އެހެން ނަމަވެސް މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ރިސޯޓްގައި ކަރަންޓީންގައި ހުރި މީހަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތު ކުރަނީ އެތަނުގެ މެނޭޖަރެއްގެ ގޮތުގައި ހަވާލުވެ ހުންނެވި އެމްއެންޑީއެފްގެ އޮފިސަރަކަށް ކަމަށެވެ.
ޖިންސީ ގޯނާ ރައްދުވާ ފަރާތަކީ ފުރާވަރުގެ އަންހެނެއް ކަމަށާއި އޭނާ ލަންކާއިން ރާއްޖެއައީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޭނާ ކުރިން ހުރީ ވަކިން ކޮޓަރިއެއްގައި ކަމަށާއި ނަމަވެސް ފުރައްސާރަ ބޮޑުވުމުން އޭނާގެ ރަހުމަތްތެރިއެއްގެ ކޮޓަރިއަށް ބަދަލު ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެ ކުރިން ވެސް ކަރަންޓީނު ފެސިލީޓީތަކުގައި މިފަދަ ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތިވެ އެ މައްސަލަތައްވެސް ވަނީ ފުލުހަށްނަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު