ރާއްޖެ އަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި އަމަލުކުރަންޖެހޭނެ މުހިންމު ބަހާތަކެއް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިިމްގެ ދަރިކަލުން ސިޔާދު ގާސިމް ހާމަކުރައްވައިފިއެވެ.
ސިޔާދު ގާސިމް ކުރެއްވި ވަރަށް ކުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެވޭނީ އެއްބައިވަންތަކަމާއި، ފަހަށް ނުޖެހި ކެތްތެރިކަމާއެކު ކަންކަމަށް ހޭނި އެއްގޮތެއްގައި ދެމިތިބެގެން ކަމަށެވެ. އެއީ އިގްތިސާދީ ހީނަރުކަމުން އަރައިގަންނަން ބޭނުންވާ މައިގަނޑު އަސާސްތައް ކަމަށް ވިލާ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސިޔާދު ޤާސިމު ވިދާޅުވިއެވެ.
ސިޔަދު ގާސިމަކީ ވިޔަފާރީގެ ރޮނގުން މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ހުންނެވި ޒުވާނެކެވެ. ޒަމާނީ ޓެކްނޯލޮޖީގެ އައު ވިސްނުން ތަކާއެކު ބައްޕަގެ ވިޔަފާރީގައި މިހާރު މުހިންމު ދައުރެއް އަދާ ކުރައްވާ ބޭފުޅަކީ ސިޔާދު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމަކީ އެއްވެސް ސިފައެއްގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެފައިވާ ބޭފުޅެއް ނޫނެވެ. ސިޔާދު މިހާތަނަށްވެސް މަސައްކަތް ކުރައްވަނީ ބައްޕަ، ގާސިމް އިބްރާހިމްގެ ވިޔަފާރީގެ ތެރޭގައެވެ.
ނަމަވެސް ރައީސް ޔާމިންގެ ސަރުކާރާއި ދެކޮޅަށް ނުކުމެ ދެއްކެވި ވާހަކައަކާއި ގުޅިގެން ރިޝްވަތުގެ ތުމަތުކޮށް ޖަލަށްލައި ޝަރީއަތް ހިނގަމުންދަނިކޮށް ގާސިމުގެ ހާލުކޮޅު ދެރަވެ އެހާލުކޮޅުގައި އޮއްވާ ޖަލަށް ހުކުމްކުރި އިރު ހުކުމް ކޮށްފައިވަނީ ބޭސް ފަރުވާއަށް ރައްޖެއިން ބޭރަށް ވަޑައިގެންނެވޭ ގޮތަށެވެ. ހުކުމް ކުރުމާއެކު ގާސިމު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެން އެނބުރި ވަޑައި ނުގެންނެވުމުން ދަރިކަލުން ސިޔާދު ވެސް ވަނީ ޖަލުގައި ހައްޔަރުކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިން އައުން ހުއްޓި ގައުމުގެ އިޤުތިޞާދަށް ވަނީ ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފައެވެ. އަދި ދައުލަތަށް ލިބެމުންދިޔަ އާމްދަނީ މުޅިން ހުއްޓި އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ގައުމު ވަނީ ވެއްޓިފައެވެ. ރާއްޖެއަށް މި ކުރިމަތިވި އިޤްތިޞާދީ ދަތިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނި ތަކަށެވެ. ވިލާ ގްރޫޕްގެ ވިޔަފާރީގައިވެސް މައިގަނޑު ހިއްސާ ކުރަނީ ފަތުރުވެރިކަމާއި ދަތުރުފަތުރެވެ.

ކިޔުންތެރިންގެ ހިޔާލު