ރައްޔިތުން މަޖިލިސް ކުރާގެ
ރައްޔިތުން މަޖިލިސް ކުރާގެ
ރައްޔިތުން މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން މަޖިލީހުގެ 29 މުވައްޒަފަކު އެކަހެރިވާން އަންގައިފިއެވެ.

އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މަޖިލިސް މުވައްޒަފާއި ގާތުން ބައްދަލުވި 11 މުވައްޒަފަކު މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް މީގެ ކުރިން މީހަކު ޕޮޒިޓިވްވުމުން ވެސް އެމީހަކާއި ބައްދަލުވި މީހުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެވި އެކަހެރި ވާން އަންގާ ކަމަށެވެ.

ނަމަވެސް ކޮންޓެކްޓް ޓްރޭސިން ނިމޭއިރު އެކަހެރި ވާން އެންގޭ މީހުންގެ އަދަދު މަދުވުން ނުވަތަ ގިނަ ވުން އެކަށީގެންވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރައްޔިތުން މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މަޖިލީސް މޮނިޓަރިންގެ ހާލަތައް ގެނެސް، މަޖިލީހުގެ އިދާރާ ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށްދާނެ ކަމަށެވެ. އެ ތަނުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފައެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުދަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން