ޑރ. އަފްޒަލް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަފްޒަލް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މި ދުވަސްވަރު ކުޑަކުދިން ކުޅެންގެންގުޅޭ އެއްޗެހި، އެއްކުއްޖަކު އަނެއްކުއްޖަކަށް ޝެއާ ނުކުރުމަށް އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ރޭ އިލްތިމާސް ކުރައްވައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދުވަސްވަރު ރަނގަޅީ އެއްކުއްޖަކު ގެންގުޅޭ ކުޅޭ އެއްޗެހި އަނެއް ކުއްޖަކާ ޝެއާ ނުކޮށް ވަކިން ގެންގުޅުން ކަމަށެވެ. އެއީ އެއްކުއްޖަކު ބަލިވިނަމަވެސް، ދެވަނަ ކުއްޖާ އަށް އެކަމުގެ އަސަރު ކުރުން ކުޑަކުރުމަށް ކަން ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ.

އެއްކުއްޖަކު އަނެއްކުއްޖަކު ކުޅެންގެންގުޅޭ އެއްޗެހި އެއް ނުކުރުމަށްވެސް ޑރ.އަފްޒަލް ވަނީ އިލްތިމާސްކުރައްވާފައެވެ. އަފްޒަލް ވިދާޅުވީ ކުޑަކުދިންގެ އަތް ދޮވެ ސާފުކުރުމުގެ އާދަ ހިފަހައްޓާ، އެކުދިން ބޭރަށް ނެރުމަށް ކަނޑައަޅާފައި އޮންނަ ވަގުތުގައި ބެލެނިވެރިޔަކާ އެކީ ބޭރަށް ނުކުންނައިރުވެސް، ގައިދުރުކޮށް އުޅުމަށް ކުދިންނަށް އިރުޝާދުދޭން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ކުޅެން ޕާކަށް ދިޔަނަމަވެސް، ޕާކުގައި ހުންނަ ކުޅޭއެއްޗެހި ބޭނުން ނުކުރުމަށްވެސް ޑރ. އިލްތިމާސް ކުރެއްވިއެވެ.

މާސްކް އަޅައިގެން ބޭރަށް ދިއުމަކީ ރައްކާތެރިކަމެއް ނަމަވެސް އެގޮތަށް ބޭރުގައި އުޅޭއިރު ދަތްދޮޅި ދަށުގައި މާސްކް އަޅުވާފައި ބެހެއްޓުން ރައްކާތެރި ނޫން ކަމަށެވެ. އަދި މާސްކްގެ ދެ ފަރާތުން ލަނބާލުމަށް ފަހު، ފަހުން އެޅުމަށްޓަކައި ޖީބަށް ލުމުގައި ވެސް މައްސަލައެއް ނެތް ކަމަށް ޑރ. ފާހަގަކުރެއްވިއެވެ.

"އޭގެ ބަދަލުގައި ދަތްދޮޅި ދަށަށް ލީމަ ވާގޮތަކީ ހަގީގަތުގައި މިއީ އެންމެ ބޮޑަށް އެކްސްޕޯޒްވާ އޭރިއާތަކު ތެރެއިން އޭރިއާއެއްގަ އޭގެ ސާފުކޮށް ހުންނަން ޖެހޭ ބައި ޖެހުމުން މާސްކް އެޅުމުގެ ބޭނުން އޮންނަނީ ހަގީގަތުގައި ގެއްލިފައި." އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން