ކުރީގެ މެރެތަން ޗެމްޕިއަން ހުސެއިން ހަލީމް (ކުޑަހުސެން)
ކުރީގެ މެރެތަން ޗެމްޕިއަން ހުސެއިން ހަލީމް (ކުޑަހުސެން)
ކުރީގެ މެރެތަން ޗެމްޕިއަން ހުސެއިން ހަލީމް (ކުޑަހުސެން)ގެ ގެ، 15 މިލިއަން ރުފިޔާ އަށް ވިއްކަވާ ލެއްވުމަށް އިއުލާންކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ކުޑަ ހުސެން ވަނީ އެކަން ހިއްސާކުރައްވާފައެވެ. ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެތުލީޓުންގެ ތެރޭގައި ހިމެނޭ ކުޑަ ހުސެން ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، އޭނާގެ ގެ، 15 މިލިއަނަށް ވިއްކަވާލައްވަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި ގެ ވިއްކަވާލައްވަނީ ރާއްޖޭން ބޭރަށް ދިރިއުޅުއްވުން ބަދަލު ކުރައްވަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހުސެން ވިދާޅުވީ ބަދަލުވާން ބޭނުންވަނީ އޮސްޓްރޭލިއާ ނުވަތަ ނިއުޒިލެންޑަށް ކަމަށެވެ. ދެހާސް ހަވަނަ އަހަރު ނިއު ޒީލެންޑުން ސްޕޯޓްސް ސައިންސުން ޕީއެޗްޑީ ހާސިލު ކުރަށްވާފައިވާ ކުޑަހުސެންއަކީ އާދަޔާ ޚިލާފު ޗެލެންޖުތައް ފުރިހަމަ ކުރެއްވުމަށް މަޝްހޫރު އެތުލީޓެކެވެ.

ބައިސްކަލު ދުއްވުމާއި، ދުވުމުގެ އެތައް ޗެލެންޖެއް ފުރިހަމަކުރައްވާފައިވާއިރު ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށްވާ އަޔަންމޭން ޓްރައިތެލޯން ފުރިހަމަކުރެެއްވި ފުރަތަމަ ދިވެހި އެތުލީޓަކީވެސް ކުޑަހުސެން ކަން ފާހަގަކޮށްލެވެއެވެ. ކުޑަހުސެން އެކަޑަމީގެ ނަމުގައި އެތުލީޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައްވެސް އޭނާ ހިންގަވަމުން ގެންދަވައެވެ.

ކުޑަހުސެން ގެދޮރު ވިއްކަވާލައްވާފައި ރާއްޖެ ދޫކޮށް ވަޑައިގަންނަވާ ސަބަބެއް ސީދާ ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އޭނާގެ މި ނިންމެވުމާއި މެދު އޭނާގެ ވަރަށް ގިނަ ރަހުމަތްތެރިން މި ލިއުމުގައި އެކި ކަހަލަ ޝުޢޫރުތައް ފާޅުކޮށްފައި ވެއެވެ.

ކުޑަ ހުސެއިން ރާއްޖެ ދޫކުރައްވާ ވަޑައިގަންނަވަން ނިއްމަވާފައިވާއިރު ދާދިފަހުން، އައިޖީއެމްއެޗްގެ އިހުމާލުން އޭނާގެ ދަރިއެއްގެ ގުނަވަނެއް ވަކިކޮށްލަން ޖެހުނު ހިތާމަވެރި ހާދިސާއެެއްގެ ވާހަކަ ވެސް އޭނާ ވަނީ ފޭސްބުކް ގައި ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޙަސަނު

21-Jun-2020

ގިނަމީހުންނަކީ' އެމީހަކަށް ފެންނަގޮތުގައި އެމީހަކަށް ފައިދާހުރި ގޮތަށް އުޅޭ މީހުން.


3

މަރްއަމް ވަހީދާ

21-Jun-2020

ވަރަށް ދެރަ ޚަބަރެއް


7

މަރްއަމް ވޙ

21-Jun-2020

ވަރަށް ދެރަ ޚަބަރެއް



ޓްރެންޑިން